Advertisement

މިފްކޯއިން މިހާރު ބުނަނީ މަސްވެރިންނަށް މިވަގުތު ދެވޭނީ ހަފުތާއެއްގެ ފައިސާ ކަމަށް

21 ފެބުރުވަރީ 2024 - 13:53 0

ގއ. ކޫއްޑޫ

އަހުމަދު އާއިދު

އަހުމަދު އާއިދު

ކޫއްޑޫގައި މުޒާހަރާ ކުރަމުންދާ މަސް ދޯނިތައް : މިފްކޯއިން މިހާރު ބުނަނީ މަސްވެރިންނަށް މިވަގުތު ދެވޭނީ ހަފުތާއެއްގެ ފައިސާ ކަމަށް - ފޮޓޯ: އަހުމަދު އާއިދު / އަދަދު


މިފްކޯއިން މިހާރު ބުނަނީ މަސްވެރިންނަށް މިވަގުތު ދެވޭނީ ހަފުތާއެއްގެ ފައިސާ ކަމަށް

21 ފެބުރުވަރީ 2024 - 13:53 0

ގއ. ކޫއްޑޫ

މަސް ގަތުމަށްފަހު ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ 298 މިލިއަން ރުފިޔާގެ ތެރެއިން މިވަގުތަށް ދޫކުރެވެން ހުރީ އެންމެ ހަފުތާއަކަށްވާ ފައިސާ ކަމަށް މިފްކޯއިން ބުނެފި އެވެ.

މިފްކޯއިން މިހެން ބުނިއިރު، މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ ތެރެއިން 119 މިލިއަން ރުފިޔާ ދެވޭނެ ގޮތް ހަމަޖެހިފައިވާ ކަމަށް މިފްކޯގެ ސީއީއޯ އަހުމަދު ޝަމާހު ރަޝީދު ވަނީ އިއްޔެ ކޫއްޑޫގައި ތިބި މަސްވެރިން ކައިރި ބުނެފަ އެވެ.

ނަމަވެސް މިއަދު އަނެއްކާވެސް މިފްކޯއިން މަސްވެރިންގެ ގާތު ބުނެފައިވަނީ ވަކި ދޯނިތަކަކަށް ފައިސާ ދެވެން ނެތް ކަމަށާއި ހުރިހާ ދޯންޏަކަށް ދެވެން ހުރީ މިދިޔަ އަހަރުގެ ޑިސެމްބަރު 18 އިން 24 އަށް ކިރުވި މަހަށްވާ ފައިސާ އެކަނި ކަމަށެވެ. ނަމަވެސް އެ ފައިސާ ވެސް މިހާތަނަށް އެއްވެސް ދޯންޏަކަށް ޖަމާވެފައެއް ނުވެ އެވެ.

އެއަށްފަހު ރޭ މަސްވެރިންނާ ބައްދަލުކޮށް، އެ ފަރާތްތަކުގެ ޑިމާންޑާ އެއްގޮތަށް 25 ރުފިޔާގެ ރޭޓުން ދޭން ހުރި ހުރިހާ ފައިސާއެއް މިހާރު ކޫއްޑޫ އަދި އައްޑޫގައި މުޒާހަރާ ކުރަމުންދާ ދޯނިތަކަށް ދިނުމަށް ޝަމާހު އެއްބަސްވި ކަމަށް މަސްވެރިން "އަދަދު" އަށް ވަނީ ކަށަވަރުކޮށްދީފަ އެވެ.

އެ ފައިސާ ޖަމާކުރުމަށް ކަމަށް ބުނެ، ރޭގެ ވަގުތެއްގައި މުޒާހަރާގައި ބައިވެރިވާ ދޯނިތަކުގެ ތަފުސީލު ވެސް މިފްކޯއިން ވަނީ ނަގާފަ އެވެ.

އެކަމާ ގުޅޭގޮތުން މިފްކޯގެ ސީއީއޯގެ ބަހެއް ހޯދުމަށް ތަކުރާރުކޮށް ގުޅުމުން ވެސް ފޯނަށް ޖަވާބު ނުދެއްވާތީ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ. އާދިއްތަ ދުވަހު ފެށި މުޒާހަރާއާ ބެހޭގޮތުން އެ ކުންފުނިން އަދި ރަސްމީ ބަހެއް ބުނެފައެއް ނުވެ އެވެ.

"އަދަދު" އާ ވާހަކަ ދައްކަމުން މަސްވެރިން ބުނީ އެމީހުން އާދިއްތަ ދުވަހުން ފެށިގެން ކުރަމުންދާ މުޒާހަރާ ހުއްޓާލާނީ 25 ރުފިޔާގެ ރޭޓުން ކިރި ހުރިހާ މަހެއްގެ ފައިސާ ދިނުމުން ކަމަށެވެ. އަދި އެ އަދަދަށް ފައިސާ ނުދެނީސް ކޫއްޑޫ ދޫކޮށް ނުދާނެ ކަމަށް ވެސް މަސްވެރިން ބުންޏެވެ.

ނަމަވެސް މި ނޫހާ ވާހަކަ ދައްކަމުން މަސްވެރިން ބުނީ އެމީހުން އާދިއްތަ ދުވަހުން ފެށިގެން ކުރަމުންދާ މުޒާހަރާ ހުއްޓާލާނީ މަދުވެގެން 200 މިލިއަން ރުފިޔާ ދިނުމުން ކަމަށެވެ. އަދި އެ އަދަދަށް ފައިސާ ނުދެނީސް ކޫއްޑޫ ދޫކޮށް ނުދާނެ ކަމަށް ވެސް މަސްވެރިން ބުންޏެވެ.