Advertisement

މުޒާހަރާ ހުއްޓާލައި މަޝްވަރާއަށް ރައީސް އެދިވަޑައިގެންފި

21 ފެބުރުވަރީ 2024 - 00:04 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ކޫއްދޫގައި މިއަދު މަސްވެރިން މުޒާހަރާ ކުރަނީ. -- ފޮޓޯ: އަހުމަދު އާއިދު/ އަދަދު


މުޒާހަރާ ހުއްޓާލައި މަޝްވަރާއަށް ރައީސް އެދިވަޑައިގެންފި

21 ފެބުރުވަރީ 2024 - 00:04 0

މިފްކޯއަށް ކިރުވި މަހަށް ފައިސާ ނުލިބިގެން ރަތަށް އަރާފައިވާ މަސްވެރިން ކުރަމުންދާ މުޒާހަރާއަށް ތިން ދުވަސް ވެފައިވާއިރު، އެ ހަރަކާތް ހުއްޓައިލުމަށް ފަހު މަޝްވަރާ ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.

މަސްވެރިންނަށް 300 މިލިއަން ރުފިޔާ ދައްކަން އެބަ ހުއްޓެވެ. އޭގެތެރެއިން މާދަމާ 119 މިލިއަން ރުފިޔާ ދޫކުރާނެ ކަމުގެ ޔަގީންކަން މިފްކޯގެ އިސްވެރިން ދިން ކަމަށް މަސްވެރިން ބުނެ އެވެ. ނަމަވެސް މިފްކޯއިން އެކަން ރަސްމީކޮށް ކަށަވަރެއް ނުކޮށްދެ އެވެ.

މިރޭ ގދ. ތިނަދޫގައި ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދެވެން އޮތް މިންވަރަކުން ސަރުކާރުން ދެމުންދާ ކަމަށާއި އެކަން ރައްޔިތުންނަށް އިނގެން ޖެހޭ ކަމަށެވެ. އަދި ދެވެން ހުރި ފައިސާ ގަސްދުގައި ނުދީ ނުތިބޭނެ ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑުވެސް މިހިރީ ހަމަ މިރޭވިޔަސް މާދަމާ ވިޔަސް މަޝްވަރާކުރަން ތައްޔާރަށް، އެހެންވީމަ މަޝްވަރާގެ އުސޫލުން ވާހަކަ ދެކެވިގެން ރިވެތި އުސޫލުން ކަންކަން ކުރީމަ ކަންކަން ކުރީމަ ކަންކަން ވާނީ،"

މިސާލެއްގެ ގޮތުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް މިހާރު އެއްބަސްވެފައިވަނީ ވެސް މަޝްވަރާގެ ތެރެއިން ކުރެވުނު މަސައްކަތުން ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

"ރުންކުރު ކަމާ ގަދަބަދިވިކަމުން މަގުމައްޗަށް ނުކުމެ މުޒާހަރާ ކޮށްގެން ވާކަމެއް ނޫން އެއީކީއެއް، އަޅުގަނޑުމެންނަށް ކޮންކަމެއްތޯ ހާސިލްވާނީ އެކަން ކޮށްގެން، ނުވާނެ އެއްކަމެއްވެސް ހާސިލެއް" އިންޑިއާ ސިފައިންގެ ކަންކަމަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވި އެވެ.

މަސްވެރިންގެ ކިބައިންވެސް އެދިވަޑައިގަތީ މަޝްވަރާ ކުރުމަށެވެ.

"އެއްވެސް ހާލެއްގަ ރައްޔިތުންގެ ފައިސާއިން ހަދާފަ ހުންނަ އަގުބޮޑު ތަންތަނުގަ މުޒާހަރާކޮށް އެތަންތަނުގަ ހުންނަ އިންޖީނުގެ ތަކަށް ވަދެ، ކަންކަން ކުރުމަކީ އަޅުގަނޑަށް ޔަގީން މަސްވެރިންވެސް ބޭނުންވާނެ ގޮތެއް ނޫން" ރައީސް މުއިއްޒު ވިދާޅުވި އެވެ.