Advertisement

ޕީޖީ ޝަމީމަށް ހަަމަލާދިން މައްސަލާގައި 3 ވަނަ މީހަކު ހައްޔަރުކޮށްފި

17 ފެބުރުވަރީ 2024 - 21:39 0

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް، އޭނާއަށް ބަޔަކު ހަމަލާދީ ޒަހަމްކޮށްލިތާ ދުވަސްތަކެއް ވެއްޖެ. ފޮޓޯ:އަބްދުﷲ އިޔާން/އަދަދު


ޕީޖީ ޝަމީމަށް ހަަމަލާދިން މައްސަލާގައި 3 ވަނަ މީހަކު ހައްޔަރުކޮށްފި

17 ފެބުރުވަރީ 2024 - 21:39 0

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް މަރުތޭލަކުން ހަމަލާދީ ޒަހަމްކޮށްލި މައްސަލާގައި ތިންވަނަ މީހަކު ހައްޔަރުކޮށް ފި އެވެ.

ފުލުހުން ބުނީ ޝަމީމަށް ހަމަލާދިން މައްސަލައާ ގުޅިގެން އިއްޔެ އިތުރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކުރި ކަމަށެވެ.

ޝަމީމަށް ހަމަލާދިން މައްސަލާގައި މީގެ ކުރިން ވަނީ ދެމީހަކު ހައްޔަރުކޮށްފަ އެވެ.

ޖެނުއަރީ 31، ގައި ޝަމީމަށް ހަމަލާދިނީ ސައިކަލެއްގައި އައި ދެ މީހަކު ވެގެންނެވެ. މަރުތޭލަކުން ޝަމީމަށް ދިން ހަމަލާގައި އޭނާގެ އަތުގައި ރެނދެއްލާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.

ޝަމީމަށް ހަމަލާދިން މައްސަލާގައި ކުރިން ހައްޔަރު ކުރި ދެ މީހުންނަކީ މާލޭގެ ގޭންގަކަށް ނިސްބަތްވާ ބައެއް ކަމަށް ވަނީ އެނގިފަ އެވެ. ހަމަލާ ދިނުމަށްޓަކައި އެ މީހުން ތިބީ ސައިކަލްގެ ނަން ބޯޑު ބަދަލުކޮށް، މޫނު ނުފެންނަ ގޮތަށް ހެލްމެޓުގެ އިތުރުން މާސްކެއް ވެސް އަޅައިގެން ކަމަށް، އެކަމުގެ މައުލޫމާތު އެނގޭ މީހަކު އަދަދު ނޫހަށް ކިޔައި ދިނެވެ.

އެ މައްސަލަ ފުލުހުން ގެންދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.