Advertisement

ގެއްލިގެން ހޯދަން އިއުލާނު ކުރުމުން, ކުއްޖާ އަމިއްލައަށް ގެއަށް ގޮސްފި

17 ފެބުރުވަރީ 2024 - 11:23 1

ނިމާ ހަސަން

ނިމާ ހަސަން


ގެއްލިގެން ހޯދަން އިއުލާނު ކުރުމުން, ކުއްޖާ އަމިއްލައަށް ގެއަށް ގޮސްފި

17 ފެބުރުވަރީ 2024 - 11:23 1

ވެރި ރަށް މާލެއިން ގެއްލިގެން ފުލުހުން ހޯދަމުންދިޔަ ކުޑަ އަންހެން ކުއްޖާ ހޯދަން އިއުލާނު ކުރުމުން ރޭ އަމިއްލައަށް ގެއަށް ގޮސްފި އެވެ.

މ. އެނބޫމާގެއާގޭ، ހަދީޖާ ޔަލްވީ, 14، ގެއްލިގެން އާއިލާއިން ރިޕޯޓުކުރީ މި ހިނގާ ފެބްރުއަރީ 11، ގަ އެވެ. އެ ކުއްޖާ އެންމެ ފަހުން ފެނުނީ ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކުރުމުގެ ދެ ދުވަސް ކުރިންނެވެ.

އާއިލާއަށް ހަބަރު ނުވެގެން ފުލުހުންނަށް ރިޕޯޓު ކުރިތާ ފަސް ދުވަސް ފަހުން އެ ކުއްޖާ ހޯދުމަށް ފުލުހުން ވަނީ އާންމުންގެ އެހީތެރިކަމަށް އެދިފަ އެވެ.

ނަމަވެސް, ކުއްޖާ ހޯދުމަށް އިއުލާނު ކުރުމުން, ރޭ 10:00 ހާއިރު އެ ކުއްޖާ ވަނީ އަމިއްލައަށް ގެއަށް ގޮސްފައި ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހަފްތާއެއް ފަހުން ކުއްޖާ ފެނުނުއިރު, ކުއްޖާގެ ހާލު ރަނގަޅެވެ.