Advertisement

ބައު އުޅަނދުތައް ނައްތައިލަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލައިފި

13 ފެބުރުވަރީ 2024 - 17:45 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

ބައު އެއްގަމު އުޅަނދުތަކެއް. މާލޭގެ މަގުތަކުގައި ގިނަ އަދަދެއްގެ ބައު އުޅަނދުތައް އެބަހުރި. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ބައު އުޅަނދުތައް ނައްތައިލަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލައިފި

13 ފެބުރުވަރީ 2024 - 17:45 0

މާލެ ސިޓީގެ ޓްރެފިކް ތޮއްޖެހުންތައް މަދުކުރުމަށްޓަކައި މާލެ ސިޓީގެ އެކި ތަންތަނުގައި ބަހައްޓާފައި ހުރި ބައު އުޅަނދުތައް ނައްތާލަން ބޭނުންވާ މީހުން އެކަމަށް އެދި ޓްރާންސްޕޯޓު މިނިސްޓްރީއަށް ހުށަހަޅަން މިއަދު ހުޅުވާލައިފި އެވެ.

މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނީ މާލެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ދިމާވެފައިވާ މައްސަލަތަކާއި މަގުމަތި ތޮއްޖެހުމުގެ ސަބަބުން އާއްމުންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން، އެކަމަށް ހާއްސަ ކޮށްގެން އުފައްދާފައިވާ "އާބަން ޓްރެފިކް ޑީ ކޮންޖެޝަން މެނޭޖްމަންޓް ކޮމިޓީ"ގެ މަޝްވަރާއާ އެކު، އެއްގަމު އުޅަނދުތަކުގެ ވެރިފަރާތުން އަމިއްލަ އަށް އެ އުޅަނދެއް ނައްތާލަން ބޭނުންވާ ނަމަ އެ ފުރުސަތު ދޭން މިނިސްޓްރީން ނިންމާފައިވާ ކަމަށް ބުންޏެވެ.

ފުލުހުންނާއި ވެމްކޯއާ ވެސް ގުޅިގެން ހިންގާ ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެކަމަށް އެެދޭ ހާއްސަ ފޯމު ފުރުމަށް ފަހު އީމެއިލް ހުށަހަޅަން ޖެހެ އެވެ.މި ފޯމު މިނިސްޓްރީގެ ރިސެޕްޝަނުން ވެސް ލިބޭނެ އެވެ. ފޯމު ހުށަހަޅަން ހުޅުވާލާނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ. ސުންގަޑި ހަމަވާނީ އަންނަ މަހުގެ 3 ވަނަ ދުވަހަށެވެ.

މިނިސްޓްރީން ބުނީ އެ މުއްދަތުގައި ލިބޭ ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރާނީ ވައިބާ ވީޑިއޯ ކޯލެއް މެދުވެރިކޮށް ކަމަށާއި ވެރިފަރާތް ކަށަވަރު ކުރެވުމުން ފުލުހުންނާއި ވެމްކޯއާ ގުޅިގެން އުޅަނދު ނައްތާލާނެ ކަމަށެވެ.