Advertisement

ކިއުބާގައި 133 ޓަނުގެ ކުކުޅު ވަގަށް ނަގައިފި

11 ފެބުރުވަރީ 2024 - 07:09 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ކިއުބާގައި 133 ޓަނުގެ ކުކުޅު ވަގަށް ނަގައިފި

11 ފެބުރުވަރީ 2024 - 07:09 0

ކިއުބާ ސަރުކާރުގެ ގުދަނެއްގައި ހުރި 133 ޓަނުގެ ކުޅުނު ވަގަށް ނެގި މައްސަލައިގައި ތިރީސް މީހުންގެ މައްޗަށް ދައުވާ އުފުލައިފި އެވެ.

އެއީ މީގެ 60 އަހަރު ކުރިން ފިޑެލް ކާސްޓްރޯ ގެނައި އިންގިލާބަށް ފަހު ހިލޭ ކާބޯތަކެތި ފޯރުކޮށް ދިނުމަށް ތައާރަފު ކުރި ނިޒާމުގެ ދަށުން ރައްޔިތުންނަށް ދޫކުރަން ގުދަން ކޮށްފައި ހުރި 1660 ފޮށީގެ ކުކުޅެވެ.

ކިއުބާ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ ވަގަށް ނަގާފައި ވަނީ ޕްރޮވިންސަކަށް އެއް މަހު ބޭނުންވާ އަދަދުގެ ކުކުޅު ކަމަށެވެ.

މި ބޮޑު ވައްކަން ކޮށްފައި ވަނީ އެ އިމާރާތުގެ ބައެއް މުވައްޒަފުންނާއި އައިޓީ މުވައްޒަފުންނާ ގުޅިގެންނެވެ. މި މައްސަލައިގައި ދައުވާ އުފުލި މީހުންގެ ތެރޭގައި އެ އިމާރާތުގައި ވަޒީފާ އަދާ ކުރަމުން ދިޔަ އައިޓީ ޑިޕާންޓްމަންޓްގައި އުޅުނު މީހުންނާއި، ސެކިއުރިޓީ ގާޑުންގެ އިތުރުން ޝިފްޓް އިންޗާޖުން ހިމެނެ އެވެ.

މިކަމުގައި ދައުވާ އުފުލި މީހުންގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ 20 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ވައްކަން ކުރި މީހުން ކުކުޅުތައް ވިއްކާލުމަށް ފަހު އުޅުނީ އައިސް އަލަމާރި، ޓީވީ، އެއާ ކޮންޑިޝަނާ އަދި ލެޕްޓޮޕްފަދަ ސާމާނު ގަންނަން ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.

ކާބޯތަކެތި އަދި ތެޔޮ ބޭރު ގައުމުތަކުން އިމްޕޯޓް ކުރާ ކިއުބާއަށް ކޮވިޑަށްފަހު މާލީ ގޮތުން ބޮޑެތި ދަތިތައް ކުރިމަތި ވެފައިވާއިރު، ކުށްކުރާ މިންވަރުވެސް އެ ގައުމުގައި ވަނީ އިތުރުވެފަ އެވެ.