Advertisement

ޕްރެޝަރު ބޮޑުވުމުން ހަންގޭރީގެ ރައީސް މަގާމުން އިސްތިއުފާ ދެއްވައިފި

10 ފެބުރުވަރީ 2024 - 22:32 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ޕްރެޝަރު ބޮޑުވެގެން ހަންގޭރީގެ ރައީސް ކެޓެލިން ނޮވާކް އިސްތިއުފާ ދެއްވުން -- ފޮޓޯ: ނޮވާކް/އެކްސް


ޕްރެޝަރު ބޮޑުވުމުން ހަންގޭރީގެ ރައީސް މަގާމުން އިސްތިއުފާ ދެއްވައިފި

10 ފެބުރުވަރީ 2024 - 22:32 0

ޕްރެޝަރު ބޮޑުވުމުން ހަންގޭރީގެ ރައީސް ކެޓަލިން ނޮވާކް މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ކެޓަލިން ރައީސްކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ ޖިންސީ ގޯނާގެ މައްސަލައެއް ފޮރުވައި، ކުށްވެރިވި މީހަކަށް މައާފު ދިން ކަމަށް ބުނާ މައްސަލައެއް ފެންމަތިވެފައިވެ އޭނާއަށް ޕްރެޝަރު ކުރިމަތިވެފައިވާ ދަނޑިވަޅެއްގަ އެވެ.

ހަންގޭރީ ގައުމީ ޓީވީ މެދުވެރިކޮށް ގައުމާ މުހާތަބު ކުރައްވަމުން ނޮވާކް ވިދާޅުވީ، އޭނާއަށް ކުށެއް ކުރެވިފައިވާ ކަމަށް އިއުތިރާފްވާ ކަމަށާއި މިއަދަކީ އޭނާ ރައީސްކަމުގައި ހުންނަވާނެ ފަހު ދުވަސް ކަމަށެވެ.

ޖިންސީ ގޯނާގެ މައްސަލަ ފޮރުވަން ނޮވާކް އެހީތެރިވެދިން ކަމަށް ބުނެ މިދިޔަ ހުކުރު ދުވަހު 1،000 އަށްވުރެ މީހުން ވަނީ މަގުތަކަށް ނިކުމެ އޭނާގެ އިސްތިއުފާއަށް ގޮވާލާފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން ނޮވާކް އެހީވެދީފައި ވަނީ ސަރުކާރުގައި ހިމެނޭ އިސް މީހެއްގެ ދަރިފުޅު ކޮށްފައިވާ ކުށެއް ފޮރުވުމަށެވެ.

ހަންގޭރީގެ ރައީސްގެ މަގާމާ އުމުރުން 46 އަހަރުގެ ނޮވާކް ހަވާލުވެވަޑައިގެންނެވީ 2022 ވަނަ އަހަރުގެ މެއި، 10 ވަނަ ދުވަހު އެވެ.