Advertisement

މާފުށީގައި ފެންވަރު ރަނގަޅު "ސްކޭޓް ޕާކެއް" ހުޅުވައިފި

10 ފެބުރުވަރީ 2024 - 17:48 1

މާފުށީގައި ގާއިމްކުރި ފެންވަރު ރަނގަޅު ސްކޭޓް ޕާކު ހުޅުުވުމަށް ބޭއްވި އިވެންޓްގެ ތެެރެއިން.--- ފޮޓޯ: އަލޫފް ހުސެއިން


މާފުށީގައި ފެންވަރު ރަނގަޅު "ސްކޭޓް ޕާކެއް" ހުޅުވައިފި

10 ފެބުރުވަރީ 2024 - 17:48 1

މާފުށީ ކައުންސިލް އިދާރާ އިން ހަރަދުކޮށްގެން އެ ރަށުގައި، ސްކޭޓްކުރަން ޝައުގުވެރިކަން ހުރި ފަރާތްތަކަށް ހާއްސަކޮށް، ފެންވަރު ރަނގަޅު ސްކޭޓް ޕާކެއް ހުޅުވައިފި އެވެ.

މިއީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސްކޭޓް ޕޭކް ހެދުމުގެ މަސައްކަތްކޮށް ތަޖުރިބާ ހާސިލްކޮށްފައިވާ، ޑިޒައިން އެންޑް ބިލްޑް ބައި ގޮނގުރީޓުން އަޅާފައިވާ ސްކޭޓް ޕާކް އެކެވެ.

މި ސްކޭޓް ޕާކުގެ މަސައްކަތަށް ޖުމްލަ އެކު، މާފުށީ ކައުންސިލުން ވަނީ 1.5 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ.

ސްކޭޓް ޕާކް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މާފުށީ ކައުންސިލްގެ ރައީސް، ހަސަން ސޮލާހު އާއި ކައުންސިލްގެ ނައިބު ރައީސް، އަލީ ޝައްމޫން އަދި ކައުންސިލް މެމްބަރުންނެވެ.

މި އިވެންޓްގައި، މާފުށީގެ ގިނަ ޒުވާނުންގެ އިތުރުން، މާލެ ސިޓީގައި ދިރިއުޅޭ ސްކޭޓްކުރަން ޝައުގުވެރިވާ ގިނަ ޒުވާނުންތަކެއް ވަނީ ބައިވެރިވެފަ އެވެ.

ކައުންސިލް ރައީސް، ސޮލާހު، ފާހަގަކުރެއްވި ގޮތުގައި، މި ސްކޭޓް ޕާކްގެ މަސައްކަތް ފެށުމުގެ ޝައުގުވެރިކަން އައީ، "ކުޑަކުއްޖަކު ސްކޭޓް ޕާކެއް ހެދުމަށް އެދިގެން ކައުންސިލަށް ފޮނުވި ސިޓީ" އަކާ ގުޅިގެންނެވެ. އަދި އެ ސިޓީގައި އެވާ އެދުމާއި މި ކަމުން ޒުވާނުންނަށް ހުރި ފުރުސަތުތަކާ މެދު، ކައުންސިލް ބައްދަލުވުމެއްގައި ކުރި މަޝްވަރާއެއްގެ ތެރެއިން ސްކޭޓް ޕާކް އެޅުން ރަނގަޅު ކަމެއްގެ ގޮތުގައި ބެލެވުނީ ކަމަށް ކައުންސިލުން ވަނީ ހާމަކޮށްފަ އެވެ.

މާފުށީގައި ގާއިމްކުރި ސްކޭޓް ޕާކް ހުޅުވުމަށް ބޭއްވުނު އިވެންޓްގެ ތެރެއިން.--- ފޮޓޯ: އަލޫފް ހުސެއިން


މިއީ، ޒުވާނުންނަށް ފައިދާކުރަނިވި ކަމެއްގެ ގޮތުގައި ފެންނާތީ، މި ސްކޭޓް ޕާކުގެ ވިސްނުމާ އެކީ، ކުރިއަށްދާން ނިންމީ ކަމަށް ސޮލާހު ވިދާޅުވެފައިވެ އެވެ.

"މި ސްކޭޓް ޕާކުގެ ސަބަބުން މި ކަމަށް ޝައުގުވެރިކަން ހުންނަ ކުދިން (މާފުށީގައި ނޫނީ މާފުށްޓަށް ޒިޔާރާތްކުރާ ފަރާތްތަކުގެ މެދުގައި) އިތުރުވެ، ފަތުރުވެރިން ވެސް ގަޔާވާ ތަނަކަށް ވެގެންދާނެ،" ސޮލާހު ވިދާޅުވި އެވެ.

ހަތް ހާސް ސްކޮޔާފޫޓްގެ މި ސްކޭޓް ޕާކު މަތިން ފެންނައިރު، ވޭލްޝާކެއް ފެންނަން ހުންނައިރު، މިއީ ވެސް، މި ސްކޭޓް ޕާކްގެ ކަންކަން، ޝައުގުވެރިކުރުމުގެ ގޮތުން ކުރި ކަމެއް ކަމަށް ކައުންސިލުން ވަނީ ފާހަގަކޮށްފަ އެވެ.

ސްކޭޓް ޕާކް ހުޅުވުމުގެ ގޮތުން، ކައުންސިލް އިން އިސްނަގައިގެން ވަނީ، މާފުށީގައި ރަޖިސްޓްރީވެފައިވާ 18 އަހަރުން ދަށުގެ ކުދިންގެ ތެރެއިން، ގުރުއަތުން ނަގައިގެން، 10 ސްކޭޓް ބޯޑު، ފަސް ހެލްމެޓް އަދި ފަސް ގާޑް ބަހައިފަ އެވެ.

ރާއްޖޭގައި ނިސްބަތުން ބަލާއިރު، ސްކޭޓް ކުރަން ގިނަ އަދަދެއްގެ ޒުވާނުން ޝައުގުވެރިވެ އެވެ. ސްކޭޓަށް އަމާޒުކޮށް ރަނގަޅު ޓްރެއިނަރުން ވެސް ހަރަކާތްތެރިވާއިރު، ގައުމީ ފެންވަރުގައި އެކަން ކުރަން އެސޯސިއޭޝަނެއް ވެސް އޮވެ އެވެ.