Advertisement

ޑީއެޗްއެލް މެދުވެރިކޮށް މަސްތުވާތަކެތި ގެނައި މީހަކު ހައްޔަރުކޮށްފި

10 ފެބުރުވަރީ 2024 - 12:08 0

ނިމާ ހަސަން

ނިމާ ހަސަން

ޝަހީދު ހުސެއިން އާދަމް ބިލްޑިން; ޑީއެޗްއެލް މެދުވެރިކޮށް މަސްތުވާތަކެތި ގެނައި މީހަކު ހައްޔަރުކޮށްފައިވޭ -- ފޮޓޯ: އަދަދު


ޑީއެޗްއެލް މެދުވެރިކޮށް މަސްތުވާތަކެތި ގެނައި މީހަކު ހައްޔަރުކޮށްފި

10 ފެބުރުވަރީ 2024 - 12:08 0

ރާއްޖެއިން ބޭރުން އެއްޗެހި ގެނެސްދޭ, ޑީއެޗްއެލް ކުންފުނި މެދުވެރިކޮށް މަސްތުވާތަކެތި ގެނައި މީހަކު ހިފަހައްޓައިފި އެވެ.

ޑީއެޗްއެލް މެދުވެރިކޮށް މަސްތުވާތަކެތި ހުރި ޕާރުސަލެއް ރާއްޖެ ގެނައި މައްސަލާގައި އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް, ބަންދު ޖެހީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އޭނާގެ ބަންދަށް ޖެހީ 30 ދުވަހެވެ.

އޭނާ ހައްޔަރު ކުރީ, މަސްތުވާތަކެތި ހުރި ޕާރުސަލަކާ ހަވާލުވާން ދިޔަ ވަގުތު އެތަނުންނެވެ. މަސްތުވާތަކެތި ހުރި އެ ޕާރުސަލަކީ އޭނާގެ އެއްޗެއްކަން ފުލުހުން ކަށަވަރު ކުރީ, ޕެކޭޖުގައި އޮތް ފޯނު ނަންބަރު ބޭނުންކުރާ ފޯނު އޭނާ އަތުން ފެނުމުންނެވެ. އަދި އޭނާގެ ފޯނުގައި ޕެކޭޖުގެ ޓްރެކިން ނަންބަރު ނޯޓުކޮށްފައިވާ ކަމަށް, އޭނާގެ ބަންދު އަމުރުގައި ވެއެވެ.

އެ އަމުރުގައިވާ ގޮތުން, މި ޒުވާނާ ހައްޔަރުކުރުމުން އޭނާ ވަނީ ކުޑަކަމުދާ ތަކެތި ދިނުމަށް އިންކާރުކޮށްފަ އެވެ.