Advertisement

އޭޝިއާގެ ވިޔަފާރި ދަށްވުމުން، ލޯރިއަލްގެ ހިއްސާ ދަށަށް

10 ފެބުރުވަރީ 2024 - 10:49 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ފްރާންސްގެ މަޝްހޫރު ކޮސްމެޓިކްސް ބްރޭންޑް ލޯރިއަލްގެ ހިއްސާ ދަށަށް ދިޔުން -- ފޮޓޯ؛ ގެޓީ


އޭޝިއާގެ ވިޔަފާރި ދަށްވުމުން، ލޯރިއަލްގެ ހިއްސާ ދަށަށް

10 ފެބުރުވަރީ 2024 - 10:49 0

ފްރާންސްގެ މަޝްހޫރު ކޮސްމެޓިކް ކުންފުނި ލޯރިއަލްގެ އޭޝިއާ ވިޔަފާރި ދަށްވުމުން، ހިއްސާގެ އަގު ދަށަށް ގޮސްފި އެވެ.

ލޯރިއަލް އިން ބުނީ ހަތަރު ވަނަ ކުއާޓާގައި ލިބުނު އާމްދަނީ 6.9 ޕަސެންޓު އިތުރުވި ނަމަވެސް އެއީ އަންދާޒާ ކުރި ވަރަށްވުރެ މަދު އާމްދަނީއެއް ކަމަށެވެ.

ކުންފުންޏަށް 10.6 ބިލިއަން ޔޫރޯގެ އާމްދަނީއެއް ލިބިފައިވާއިރު، ކުންފުނިން އަމާޒު ހިފީ 10.9 ބިލިއަން ޔޫރޯގެ އާމްދަނީ އަކަށް ކަމަށް ލޯރިއަލް އިން ބުނެ އެވެ.

ލޯރިއަލްއަށް ލިބުނު އާމްދަނީ އުތުރު އޭޝިއާ ފިޔަވައި އެހެން ހުރިހާ ހިސާބެއްގައި ރަނގަޅެވެ. މިގޮތުން އުތުރު އޭޝިއާގައި ލިބުނު އާމްދަނީ 6.2 ޕަސެންޓު ވަނީ ދަށްވެފަ އެވެ.

ލޯރިއަލްގެ ސީއީއޯ ނިކޮލަސް ބުނީ އެ ކުންފުނީގެ އާމްދަނީ އުތުރު އޭޝިއާގައި މިހާ ދަށްވެފައި ވަނީ ޗައިނާ މާކެޓްގައި އެ ބްރޭންޑް ވިކޭލެއް މަދުވުމުން ކަމަށާއި ނަމަވެސް މި އަހަރު އެ މާކެޓުން ލިބޭ އާމްދަނީ އިތުރުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ލޯރިއަލްގެ ޗީފް ފައިނޭންޝަލް އޮފިސާ ކްރިސްޓޮފް ބުނީ، ކުންފުނިން 500 މިލިއަން ޔޫރޯ އާއި 750 މިލިއަން ޔޫރޯއާ ދެމެދުގެ ހިއްސާ އަނބުރާ ގަތުމަށް ނިންމާފައި ކަމަށެވެ.

މީގެ 114 ކުރިން އުފެއްދި ލޯރިއަލް ކުންފުނިން އަންނަނީ ޝޭމްޕޫ، ސްކިން ކެއާ، މޭކަޕް ސާމާނު އަދި ސެންޓުގެ އިތުރުން އެހެން ކޮސްމެޓިކްސްތައް ވިއްކަމުންނެވެ.