Advertisement

ފުޓްބޯޅައިގައި ނޫ ކާޑު ރަސްމީކޮށް ތައާރަފްކުރުމުގެ މަސައްކަތް ފަށައިފި

9 ފެބުރުވަރީ 2024 - 09:47 0


ފުޓްބޯޅައިގައި ނޫ ކާޑު ރަސްމީކޮށް ތައާރަފްކުރުމުގެ މަސައްކަތް ފަށައިފި

9 ފެބުރުވަރީ 2024 - 09:47 0

ލަންޑަން (ފެބްރުއަރީ 9) - ގަސްދުގައި ކުރާ ފައުލާއި ރެފްރީގެ ނިންމުންތަކަށް ހިތްހަމަނުޖެހިގެން ކުރާ އެޕީލްތަކަށް ނޫ ކާޑު ދެއްކޭ ގަވާއިދަަކަށް އަމަލުކުރަން ފުޓްބޯޅައިގެ ގަވާއިދުތައް ހަދާ އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑް (އައިފެބް) އިން ރަސްމީކޮށް ހުށަހަޅަން ތައްޔާރުވެއްޖެ އެވެ.

ސިން-ބިންގެ ގޮތުގައި މަޝްހޫރުވެފައިވާ، ނޫ ކާޑު ދައްކައިފިނަމަ، ކުޅުންތެރިއަކު 10 މިނިޓަށް ދަނޑުން ފައިބަން ޖެހޭނެ އެވެ. ދެ ފަހަަރަށް ނޫ ކާޑު ދައްކައިފިނަމަ، ދަނޑުން މުޅިން މެޗަށް ދަނޑުން ބާލާނެ އެވެ. ރީނދޫ ކާޑަކާއި ނޫ ކާޑެއް ދައްކައިފިނަމަ ވެސް މުޅި މެޗުން ދެން އިތުރަށް ފުރުސަތު ނުލިބޭނެ އެވެ.

އައިފެބްގެ އެދުމަށް އިނގިރޭސި އެފްއޭ އިން ވަނީ 2019-20 ސީޒަނުން ފެށިގެން، އިނގިރޭސި ގްރާސް ރޫޓް މުބާރާތްތަކުގައި ސިން-ބިން ޓްރަޔަލްސް ކުރިއަށްގެންދަމުންނެެވެ. އެފްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، ސިން-ބިންގެ ޓްރަޔަލްސް ފެށި ފަހުން، ފައުލުތަކުގެ ނިސްބަތް ވަނީ ދަށްވެފަ އެވެ. އަދި ފެއާ-ޕްލޭގެ ރިވެތި އުސޫލާ އެއްގޮތަށް މެޗުތައް ގެންދިއުމަށް ފަސޭހަތަކެއް ވަނީ ވެފަ އެވެ.

ސީނިއާ ފުޓްބޯޅަ އަށް ސިން-ބިން ތައާރަފްކުުުރުމުގެ މަޝްވަރާތައް ކުރިއަށްދާ ބައްދަލުވުން އޮތީ އަންނަ މަހުގަ އެވެ. އިނގިރޭސި އެފްއޭ އިން ސިން-ބިން ޓެސްޓް ކުރަން މަސައްކަތްކުރާނީ އަންނަ ސީޒަނުގެ އިނގިރޭސި އެފްއޭ ކަޕާއި ވިމެންސް އެފްއޭ ކަޕްގައި ކަމަށް ދި ޓައިމްސް އިން ވަނީ ރިޕޯޓްކޮށްފަ އެވެ.

އިނގިރޭސި ފުޓްބޯޅައިގައި ސިން-ބިން ތައާރަފްކުރަން މަސައްކަތް ކުރި ނަމަވެސް ޔުއެފާގެ މުބާރާތްތަކުގައި މި ބަދަލު އައުމުގެ ފުރުސަތު ކައިރި މުސްތަގުބަލެއްގައި ނެތެެވެ. އެއީ، ޔުއެފާގެ ރައީސް އަލެކްސަންޑަ ޗެފެރިން ވަނީ ސިން-ބިން އައުމަކީ ފުޓްބޯޅަ އަށް ރަނގަޅު ބަދަލެއްގެ ގޮތުގައި ނުފެންނަ ކަމަށް ވިދާޅުވެފަ އެވެ.

ސިން-ބިން ގަވާއިދަކީ ރަގްބީގައި އެންމެ ރަނގަޅަށް ބޭނުންކުރާ ކަމެކެވެ.