Advertisement

ރާއްޖެއަށް އެތެރެވާ ބިދޭސީންގެ މެޑިކަލް ހެދުމުގެ އާ އުސޫލެއް ތައާރަފުކޮށްފި

8 ފެބުރުވަރީ 2024 - 14:58 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

ހުޅުމާލޭގައި ދިރިއުޅޭ ބިދޭސީންތަކެއް، ހެލްތް މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކަކަށް ބިދޭސީން މެޑިކަލް ހަދަންޖެހޭ ގޮތަށް އާ އުސޫލެއް ވަނީ ނެރެފައި --- ފޮޓޯ: އަދަދު


ރާއްޖެއަށް އެތެރެވާ ބިދޭސީންގެ މެޑިކަލް ހެދުމުގެ އާ އުސޫލެއް ތައާރަފުކޮށްފި

8 ފެބުރުވަރީ 2024 - 14:58 0

ވަޒީފާ އާއި ވިޔަފާރީގެ ބޭނުމުގައި ރާއްޖެ އައިސް ދިގު މުއްދަތަކަށް ދިރިއުޅޭ ބިދޭސީންގެ މެޑިކަލް ހެދުމުގެ ނިޒާމަށް ބަދަލުތަކެއް ގެނެސް އާ އުސޫލެއް މިއަދު ތައާރަފު ކޮށްފިއެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އުސޫލު ތައާރަފުކޮށްދެއްވީ ހޯމް މިނިސްޓަރު އަލީ އިހްސާން އެވެ.

ސަރުކާރުން ބުނި ގޮތުގައި އުސޫލުގެ މަގުސަދަކީ ރާއްޖޭގައި ގައިން ގަޔަށް އަރާ އެކިއެކި ބަލިތައް ކޮންޓްރޯލް ކުރުމަށާއި ފެތުރުނަ ނުދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް ބިނާކޮށް، ޓޫރިސްޓުން ފިޔަވާ ރާއްޖޭގައި ދިގުމުއްތަކަށް އުޅޭ އެންމެހައި ބިދޭސީންނަކީ ސިއްހަތު ރަނގަޅު، ދުޅަހެޔޮ އަދި އުފެއްދުންތެރި ބައެއްކަން ކަށަވަރުކުރުމެވެ.

ބިދޭސީންގެ މެޑިކަލް ހައްދާ އުސޫލަށް ގެނެވުނު ބަދަލާއެކު ވޯކް ވިސާގެ އިތުރުން ޑިޕެންޑެންޓް ވިޒާ، ރެސިޑެންޓް ވިޒާ، ސްޓޫޑެންޓް ވިޒާ، ކޯޕަރޭޓް ރެސިޑެންޓް ވިޒާ އަދި މެރިޖް ވިސާ ހަދާ ފުރަތަމަ ފަހަރު ހެލްތް މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކަކަށް މެޑިކަލްއެއް ހަދަން ޖެހޭނެ އެވެ.

މެޑިކަލްގައި ބަލާ ބަލިތަކަށް އެންޑެމިކް ގައުމުތަކުން ބިޒްނަސް ވިޒާގައި އައިސް ތިބޭ މިހުން ވިޒާ އެކްސްޓެންޑް ކުރާއިރު ވެސް މެޑިކަލް ހައްދަން ޖެހެ އެވެ. އަދި ކުރިން ބުނި ވިސާތަކުގައި އެތެރެވެފައި ތިބި މީހުން ވެސް އަހަރަކު އެއް ފަހަރު މެޑިކަލް ޗެކަޕް ހައްދަން ޖެހެ އެވެ.

މީގެ އިތުރުން، ކުރިން މެޑިކަލްގައި ބަލާ ބަލިތަކުގެ އިތުރަށް، ފައިލޭރިއާ އެންޑެމިކް ގައުމުތަކުގެ މީހުން ފައިލޭރިއާއަށް ޓެސްޓްކުރުން މި އުސޫލަށް އިތުރުކޮށްފައިވެ އެވެ. މިފަދަ މީހުން ޓެސްޓް ކުރުމަށްފަހު ޕޮސިޓިވް ވެއްޖެނަމަ، މެޑިކަލް ދޫކުރާނީ ފައިލޭރިއާއަށް ބޭސް ކެއުމުންނެވެ.

ބިދޭސީންގެ މެޑިކަލް އުސޫލަށް ބަދަލު ގެނައީ ރާއްޖެއިން ނައްތާލާފައިވާ ބައްޔެއް ކަމުގައިވާ ފައިލޭރިއާ ބިދޭސީ މަސައްކަތްތެރިންގެ ގައިން ފެނުމާ ގުޅިގެން އަޅަން ބުނި ފިޔަވަޅުތަކުގެ ތެރެއިންނެވެ. މި މައްސަލައިގައި ސަރުކާރުން ބުނީ އެކަން އެގޮތަށް ދިމާވީ މެޑިކަލް ހެއްދުމުގައި ދިން ލުއިތަކާ ގުޅިގެން ކަމަށެވެ.

މި ލުއިތަކަކީ ކުރީ ސަރުކާރުން ކޮވިޑު ބަލިމަޑުކަމުގެ ދުވަސްވަރު މަސައްކަތްތެރިންނަށް ދިން ލުއިތަކެކެވެ. މި ބަލިމަޑުކަމުން ރާއްޖެ ސަލާމަތްވެއްޖެ ކަމަށް ރަސްމީކޮށް ސަރުކާރުން ކަނޑައެޅި ނަމަވެސް، މެޑިކަލް ހައްދަން ދިން ލުއިތައް އުވާނުލަ އެވެ.