Advertisement

ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރަކަށް ސިއްދީގު

8 ފެބުރުވަރީ 2024 - 14:00 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ހޯމް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ސިއްދީގު


ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރަކަށް ސިއްދީގު

8 ފެބުރުވަރީ 2024 - 14:00 0

ހޯމްލޭންޑު ސެކިއުރިޓީ އެންޑު ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރަކަށް އަހުމަދު ސިއްދީގު އައްޔަން ކުރައްވައިފި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި ސިއްދީގު މި ސަރުކާރުގެ ސްޓޭޓު މިނިސްޓަރަކަށް އައްޔަން ކުރެއްވިކަން، ސަރުކާރުގެ ބައެއް އޮފިޝަލުން "އަދަދު" ނޫހަށް ވަނީ ކަށަވަރުކޮށް ދެއްވައިފަ އެވެ.

ނަމަވެސް މިކަމާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ބަހެއް ނުލިބުނެވެ.

ސަރުކާރުގެ ސިޔާސީ މަގާމުތަކަށް މީގެ ކުރިން ބޭފުޅުން އައްޔަނު ކުރުމަށް ފަހު ރައީސް އޮފީހުގެ ވެބްސައިޓުގައި އެ ބޭފުޅުންގެ ނަންްތަކާއި, އެޑްރެސް އަދި އައްޔަނުކުރި މިނިސްޓްރީ އެނގޭނެހެން ހާމަކުރަމުންދިޔަ އެވެ.

ނަމަވެސް, މިފަހުން އެފަދަ އެއްވެސް މައުލޫމާތެއް ރައީސް އޮފީހުން ހާމަކޮށްފައި ނުވެ އެވެ. ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުންގެ ގޮތުގައި ރައީސް އޮފީހުގެ ވެބްސައިޓުގައި ސިއްދީގުގެ ނަމެއް އަދި ނެތެވެ.

ސިއްދީގުގެ އިތުރުން ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުންގެ ގޮތުގައި ތިއްބެވީ މުހައްމަދު ކިނާނަތު، ލުބުނާ ޒާހިރު، އަދި ޔޫސުފް އަބްދުލްޣަފޫރު އެވެ. އެ މިނިސްޓްރީގައި ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި 15 ބޭފުޅުން އެބަ ތިއްބެވި އެވެ.

މައުލޫމާތު ހާމަނުކޮށް ސިޔާސީ މަގާމުތަކަށް އިތުރު މީހުން ވެސް އައްޔަންކޮށްފައިވެ އެވެ.

"މަތި ބަރު" ސަރުކާރެއް އެކުލަވާނުލައްވާނެ ކަމަށް ރައީސް މުއިއްޒު ވައުދުވެވަޑައި ގެންނެވި ނަމަވެސް މި ސަރުކާރުގެ ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި އިއްޔެގެ ނިޔަލަށް 258 އަށް ވުރެ ގިނަ މީހުން ތިބިކަން ރައީސް އޮފީހުގައި ވެބްސައިޓުގައިވާ މައުލޫމާތުން ހާމަވެ އެވެ.