Advertisement

ދެ ޖިންސަށް ވެސް ސަރުކާރުން ގެންގުޅޭނީ ހަމަހަމަ ސިޔާސަތެއް ކަމަށް ރައީސް ވިދާޅުވެއްޖެ

5 ފެބުރުވަރީ 2024 - 10:02 0

ނިމާ ހަސަން

ނިމާ ހަސަން

ސްކޫލެއްގެ ދަރިވަރުންތަކެއް: ރައީސް ވިދާޅުވީ ސިޔާސީ މައިދާނުގައި ވެސް ދެ ޖިންސަށް ގެންގުޅޭނީ ހަމަހަމަ ސިޔާސަތެއް ކަމަށް -- ފޮޓޯ: މަޖިލިސް


ދެ ޖިންސަށް ވެސް ސަރުކާރުން ގެންގުޅޭނީ ހަމަހަމަ ސިޔާސަތެއް ކަމަށް ރައީސް ވިދާޅުވެއްޖެ

5 ފެބުރުވަރީ 2024 - 10:02 0

ދެ ޖިންސަށް ވެސް ސަރުކާރުން ގެންގުޅޭނީ ހަމަހަމަ ސިޔާސަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ސިޔާސީ މައިދާނާއި ކުޅިވަރު އަދި އެހެން ދާއިރާތަކުގައި ވެސް ދެ ޖިންސަށް ވެސް ހަމަހަމަ ފުރުސަތެއް ސަރުކާރުން ހޯދައިދޭނެ ކަމަށެވެ.

"ކުޅިވަރުގެ މައިދާނާ، ސިޔާސީ މަސައްކަތްތަކާ، ގައުމީ ހިދުމަތާ، އިޖްތިމާއީ ކަންކަމާ، މި ނޫން ހުރިހާ ކަމެއްގައިވެސް ދެ ޖިންސަށް ވެސް، ސަރުކާރުން ގެންގުޅޭނީ ހަމަހަމަ ސިޔާސަތެއް. ކުރިއަށް ދިއުމުގެ ދެޖިންސަށް ހަމަހަމަ ފުރުސަތު މި ސަރުކާރުގައި އަބަދުވެސް އޮންނާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް މިހެން ވިދާޅުވި އިރު, އެމަނިކުފާނުގެ ސަރުކާރުގެ މަތީ ފަޑީގައި އަންހެނުން މަދު ކަމުގެ ކަންބޮޑުވުން ދަނީ ފާޅުކުރަމުންނެވެ. މި ސަރުކާރުގައި 22 މިނިސްޓަރުންނާއި މިނިސްޓަރުން ފެންވަރުގެ 20 ބޭފުޅުން ތިއްބެވިއިރު, އޭގެ ތެރޭގައި ތިބީ އެންމެ ތިން އަންހެނުންނެވެ.

މި ސަރުކާރުގައި 90 ސްޓޭޓް މިނިސްޓަރުން ތިބިއިރު, އޭގެ ތެރޭގައި ތިބީ 17 އަންހެނުންނެވެ. އަދި 163 ޑެޕިއުޓީ މިނިސްޓަރުން ތިބިއިރު, އޭގެ ތެރޭގައި ހިމެނެނީ 42 އަންހެނުންނެވެ.

ސަރުކާރުގެ މަތީ ފަޑީގައި އަންހެނުންގެ ބައިވެރިވުން މަދު ކަމުގެ ކަންބޮޑުވުން ފާޅުކުރަމުންދިޔަ ނަމަވެސް, އިންތިހާބުވެވަޑައިގެންނެވި ފަހުން ރައީސް ވަނީ އެމަނިކުފާނުގެ ސަރުކާރުގައި އަންހެނުންގެ ދައުރު ފުޅާވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ.