Advertisement

ބޭހުގެ ގުދަންތައް މަރުކަޒީކޮށް ބަލަހައްޓައިގެން ފެންވަރު ވަޒަންކުރަން ނިންމައިފި

4 ފެބުރުވަރީ 2024 - 22:03 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ބޭސްފިހާރައެއް ކައިރިން: ރާއްޖެ އެތެރެކުރާ ބޭސްތަކުގެ ފެންވަރު ވަޒަންކުރުން ވަރުގަދަ ކުރަނީ - ފޮޓޯ: ހުސައިން ޝަޔާހް / އަދަދު


ބޭހުގެ ގުދަންތައް މަރުކަޒީކޮށް ބަލަހައްޓައިގެން ފެންވަރު ވަޒަންކުރަން ނިންމައިފި

4 ފެބުރުވަރީ 2024 - 22:03 0

ރާއްޖެއަށް އެތެރެކުރާ ބޭސް ރައްކާކުރާނެ ގުދަންތައް ގާއިމުކޮށް، މަރުކަޒީ ނިޒާމަކުން އެ ގުދަންތައް ބަލަހައްޓައި އެތެރެކުރާ ބޭހުގެ ފެންވަރު ބަލާނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށް ސަރުކާރުގެ ކެބިނެޓުން މިއަދު ނިންމައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުން މިއަދު ބޭއްވި ބައްދަލުވުމުގެ އެ ނިންމުން ހާމަކޮށް، ރައީސް އޮފީހުން ޝާއިއުކުރި ހަބަރެއްގައި ބުނަނީ އެ ގޮތަށް ސިޔާސަތު ބައްޓަން ކުރަން ނިންމީ، ހެލްތު މިނިސްޓްރީން ކެބިނެޓު ބައްދަލުވުމަށް ހުށަހެޅި ކަރުދާހަކަށް ބަހުސް މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ.

މި ގޮތުން "ބަލްކް ޕްރޮކިއުމަންޓް ނިޒާމު" ފުޅާ ކުރުމުގެ ގޮތުން އަސާސީ ބޭސް ގަނޑުކޮށް ގަތުމަށް ނިންމައި، އެސްޓީއޯ މެދުވެރިކޮށް ހޮސްޕިޓަލްތަކާއި މަރުކަޒުތަކުންނާއި މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ބޭސްފިހާރަތަކުން މި ބޭސްތައް މެދުނުކެނޑި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ނިންމާފައިވެ އެވެ.

ގާއިމުކުރުމަށް ނިންމާފައިވާ ނިޒާމަށް ބޭނުންވާ، ކަނޑައެޅޭ މިންގަނޑުތަކަށް ފެތޭ ބޭސްތައް ރައްކާކުރާ ގުދަންތަކެއް ގާއިމުކޮށް، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އެ ގުދަންތައް ސެންޓްރަލީ މޮނިޓާކުރާނެ ނިޒާމެ ގާއިމުކުރުމަށް ނިންމާފައިވެ އެވެ.

ހަމައެހެންމެ ބޭހެއް އުފެއްދުމަށް ބޭނުންވާ އެކިއެކި މާއްދާތަކުގެ މިންވަރު ދެނެގަތުމަށް ކުރަން ޖެހޭ ތަހުލީލުތައް ހަރުދަނާ ކުރުމުގެ މަސައްކަތާއި ބޭހުގެ ފެންވަރު އެެއް ހަމައެއްގައި ހިފެހެއްޓުމަށް ގާބިލްކަން އިތުރުކުރުމާއި އިންސާނީ ވަސީލަތް އިތުރު ކުރުމުގެ މަސައްކަތް ވެސް ނިޒާމުގެ ތެރެއިން ގެންދަން ނިންމާފައިވެ އެވެ.