Advertisement

އިންޑިއާގައި 600 އަހަރުވީ މިސްކިތެއް ބިމާ ހަމަކޮށްފި

3 ފެބުރުވަރީ 2024 - 14:03 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


އިންޑިއާގައި 600 އަހަރުވީ މިސްކިތެއް ބިމާ ހަމަކޮށްފި

3 ފެބުރުވަރީ 2024 - 14:03 0

އިންޑިއާގެ ނިއުދިއްލީގައި 600 އަހަރުވީ މަސްޖިދު އަހޯންޖީ މިސްކިތް ބިމާ ހަމަކޮށްފިއެވެ.

އަހޯންޖީ މިސްކިތުގެ މެނޭޖިން ކޮމިޓީގެ މެމްބަރު މުހައްމަދު ޒަފަރު ނޫސްތަކަށް ބުނީ، މިސްކިތް ތަޅާލާފައި ވަނީ ރޭގަނޑު ކަމަށާއި، މިސްކިތް ތަޅާލުމުގެ ކުރިން ނޯޓިސްވެސް ދީފައި ނުވާ ކަމަށެވެ.

އޭނާ ބުނީ މިސްކިތް ތަޅާލިއިރު މިސްކިތް ތެރޭގައި ހުރި މުސްހަފުތަކާއި، އެހެނިހެން ލިޔުންތައްވެސް ހުރި ކަމަށާއި، މިސްކިތުގެ ކޮމްޕައުންޑް ތެރޭގައި ހުރި ގަބުރުތައްވެސް ނަގާފައި ނުވާ ކަމަށެވެ. ގަބުރުތައްވެސް މިހާރު ހުރި ހިސާބެއްވެސް ނޭގޭ ކަމަށް އޭނާ ބުންޏެވެ.

"މިސްކިތް ތަޅާލިއިރު އެތެރޭގައި ހުރި މުސްހަފުތައް ބޭރުކޮށްފައެއް ނުވޭ ތަޅާލީ އެ މުސްހަފުތަކާ އެހެނިހެން ލިޔުންތަކާވެސް އެކު. މިސްކިތުގެ ކޮމްޕައުންޑްގައި ވަޅުލާފައި ހުރި ގަބުރުތައް އެހެން ތަނަކަށް އުކާލާފައިވާ ކަމަށް ބެލެވޭ" ޒަފަރު ބުނެފައި ވެއެވެ.

މިސްކިތް ހިމެނޭ ސަރަހައްދު ފުލުހުން މިހާރު ވަނީ ބެރިކޭޑް ޖަހައި ބަންދުކޮށްފަ އެވެ. އަދި އެ ސަރަހައްދަށް އާންމުންނަށް ނުވަދެވޭ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މިކަމާ ގުޅޭ ގޮތުން އިންޑިއާއިން މިހައިތަނަށް ރަސްމީކޮށް ވާހަކަދައްކާފައި ނުވާއިރު، އިންޑިއާ ސަރުކާރު އޮފިޝަލަކު ބުނީ، މިސްކިތް ތަޅާލާފައި ވަނީ ގަވައިދާ ހިލާފަށް އެތަން ހަދާފައިވާތީ ކަމަށެވެ. ނަމަވެސް މިސްކިތުގެ މެނޭޖްމަންޓުން ބުނީ މިސްކިތް ތަޅާލާފައި ވަނީ ކޯޓުން ގޮތެއް ނުނިންމަނީސް ކަމަށެވެ.

އިސްލާމިކް ބޯޑިން ސްކޫލެއްގެ ގޮތުގައިވެސް ބޭނުން ކުރަމުން އަންނަ މި މިސްކިތުގައި 22 ކުދިން އައީ ދިރިއުޅެމުންނެވެ.