Advertisement

އެފްއޭއެމްގެ ކުރީގެ ޖީއެސް ޖަވާޒް ޔޫތު މިނިސްޓްރީގެ ޑެޕިއުޓީއަކަށް އައްޔަންކޮށްފި

3 ފެބުރުވަރީ 2024 - 09:02 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަނު ކުރެއްވި ހުސެއިން ޖަވާޒް -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


އެފްއޭއެމްގެ ކުރީގެ ޖީއެސް ޖަވާޒް ޔޫތު މިނިސްޓްރީގެ ޑެޕިއުޓީއަކަށް އައްޔަންކޮށްފި

3 ފެބުރުވަރީ 2024 - 09:02 0

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ޖެނެރަލް ސެކެޓްރީ ހުސެއިން ޖަވާޒު ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމަށް އައްޔަންކޮށްފި އެވެ.

"އަދަދު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޔޫތުގެ ޑެޕިއުޓީ މިނިސްޓަރަކަށް ޖަވާޒް އައްޔަންކޮށް، ލިޔުން ހަވާލު ކުރީ މިދިޔަ ބުދަ ދުވަހެވެ. ނަމަވެސް މިހާތަނަށް އޭނާ މަގާމަށް އައްޔަނު ކުރިކަން ރައީސް އޮފީހުގެ ވެބްސައިޓަށް އަޕްޑޭޓް ކޮށްފައެއް ނުވެ އެވެ.

ޔޫތުގެ ޑެޕިއުޓީ މިނިސްޓަރު ކަމަށް ޖަވާޒު އައްޔަނު ކުރުމާއެކު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުންގެ އަދަދު 10 އަށް އެރީ އެވެ. އެ މިނިސްޓްރީގައި ދެ ސްޓޭޓް މިނިސްޓަރުން ވެސް ތިއްބަވަ އެވެ.

އެފްއޭއެމްގައި 25 އަހަރު އެކި މަގާމުތަކުގައި ހިދުމަތް ކުރެއްވުމަށްފަހު، އެންމެ ފަހުން އެ އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީގެ މަގާމު ފުރުއްވަމުން ގެންދެވި ޖަވާޒު އެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ ނޮވެމްބަރު މަހެވެ.

ޖަވާޒު ވަނީ ސްޕޯޓްސް މެނޭޖްމެންޓު ދާއިރާއިން މާސްޓަ ޑިގްރީ ހާސިލުކޮށްފަ އެވެ.