Advertisement

ޓެކްސް ކޮމިޝަނަރު ފަތުހުﷲ ޖަމީލު އިސްތިއުފާ ދެއްވައިފި

1 ފެބުރުވަރީ 2024 - 14:09 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ޓެކްސް ކަމިޝަނާ ފަތުހުﷲ، ރަސްމިއްޔާތެއްގައި ވާހަކަދައްކަވަނީ. ފޮޓޯ: މީރާ


ޓެކްސް ކޮމިޝަނަރު ފަތުހުﷲ ޖަމީލު އިސްތިއުފާ ދެއްވައިފި

1 ފެބުރުވަރީ 2024 - 14:09 0

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން, ފަތުހުﷲ ޖަމީލު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އިތުބާރު ހުރި ގޮތަކަށް "އަދަދު" އަށް އެނގިފައިވާ ގޮތުގައި ފަތުހުﷲ އިސްތިއުފާ ދެއްވީ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވަން އަންނަ މާޗް މަހު ބާއްވާ އިންތިހާބުގައި ވާދަކުރެއްވުމަށެވެ. އޭނާ ވާދަކުރައްވަނީ މަޖިލީހުގެ ތިމަރަފުށި ދާއިރާ އަށެވެ.

ޓެކްސް ކަމޮޝަނަރަކަށް އޭނާ އައްޔަނު އޮކްޓޯބަރް 31، 2019 ގައި އެވެ.

ޓެކްސް ކޮމިޝަނަރުގެ މަގާމަށް ވަޑައިގެންނެވުމުގެ ކުރިން އޭނާ ވަނީ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ޑިރެކްޓާ ޖެނެރަލް އޮޑިޓް އެންޑް އެންޑް އިންވެސްޓިގޭޝަންގެ މަގާމާއި ދިރާގުގެ މެނޭޖާ ޓެކްސް ރިސްކް އެންޑް ކޮމްޕްލަޔަންސްގެ މަގާމު އަދާކުރައްވައިފަ އެވެ. ދިރާގުގެ އެ މަގާމަށް އޭނާ ވަޑައިގެންނެވީ މީރާގައި ފަސް އަހަރު މަސައްކަތް ކުރެއްވުމަށް ފަހުގަ އެވެ.