Advertisement

ޝަމީމަށް ހަމަލާ ދިން މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި

1 ފެބުރުވަރީ 2024 - 12:51 0

ފުލުހުންގެ މައި މަރުކަޒު، ޝަހީދު ހުސައިން އާދަމް ބިލްޑިން -- ފޮޓޯ: އަދަދު


ޝަމީމަށް ހަމަލާ ދިން މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި

1 ފެބުރުވަރީ 2024 - 12:51 0

ޕްރޮސެކިއުޓާ ޖެނެރަލް، ހުސެއިން ޝަމީމަށް ހަމަލާ ދިން މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

މިކަން ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

އިތުބާރު ހުރި މަސްދަރަކުން އަދަދު ނޫހަށް ކަށަވަރުކޮށް ދިން ގޮތުގައި އެ ތުހުމަތުގައި، ކޯޓު އަމުރުގެ ދަށުން ރޭގެ ވަގުތެއްގައި އެކަކު އަދި މިއަދު އެކަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ ކޮން ބައެއް ކަމެއް އަދި ނޭނގެ އެވެ.

އިއްޔެ ހެނދުނު ޝަމީމަށް ހަމަލާ ދީފައި ވަނީ ސައިކަލު ޕާކޮށްފައި ގެެއަށް ވަދެވަޑައިގަންނަވަނިކޮށްނެވެ. ހަމަލާ އެރީ ޝަމީމްގެ ވައަތުގެ މުލައްދަނޑިއަށެވެ. މަރުތޭލައިން ޖެހުމުގެ ސަބަބުން ޝަމީމްގެ ވައަތު މުލައްދަނޑީގެ ކަށިގަނޑެއްގައި ރެނދެއްލާފައި ވާތީ އެ އަތުގައި އޭޑީކޭ ހޮސްޕިޓަލުން ޕްލާސްޓަރު އަޅައި، ފަރުވާ ދިނެވެ.

ފުލުހުން ބުނީ ޝަމީމަށް ހަމަލާ ދިނީ ސައިކަލެއްގައި އައި މޫނު ނިވާކޮށްގެން ތިބި ދެމީހުން ކަމަށެވެ.

ހައްޔަރު ކުރި ދެ މީހުންނަކީ މާލޭގެ ގޭންގަކަށް ނިސްބަތްވާ ބައެއް ކަމަށް ވަނީ އެނގިފަ އެވެ. ހަމަލާ ދިނުމަށްޓަކައި އެ މީހުން ތިބީ ސައިކަލްގެ ނަން ބޯޑު ބަދަލުކޮށް، މޫނު ނުފެންނަ ގޮތަށް ހެލްމެޓުގެ އިތުރުން މާސްކެއް ވެސް އަޅައިގެން ކަމަށް، އެކަމުގެ މައުލޫމާތު އެނގޭ މީހަކު އަދަދު ނޫހަށް ކިޔައި ދިނެވެ.

އެ މައްސަލަ ފުލުހުން ގެންދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.