Advertisement

އިންޑިއާގެ ސިފައިން ދިވެހި ދޯންޏަކަށް އެރުމުން ދިވެހި ސިފައިން ހަރަކާތްތެރިވަނީ

31 ޖަނަވަރީ 2024 - 16:02 2

ހަސަން މުހައްމަދު

ހަސަން މުހައްމަދު


އިންޑިއާގެ ސިފައިން ދިވެހި ދޯންޏަކަށް އެރުމުން ދިވެހި ސިފައިން ހަރަކާތްތެރިވަނީ

31 ޖަނަވަރީ 2024 - 16:02 2

އިންޑިއާގެ ސިފައިން ދިވެހިރާއްޖޭގެ މަސް ދޯންޏަކަށް އެރި ކަމަށް ބެލެވޭތީ އެމްއެންޑީއެފްގެ އުޅަނދެއް އެ ސަރަހައްދަށް ދަތުރު ކުރަން ފަށައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ ބޭރުގެ ސިފައިންގެ ބަޔަކު ދިވެހި މަސް ދޯންޏަކަށް އެރި ކަމަށް ރިޕޯޓުކޮށްފައި ވަނީ ދިވެހި އީއީޒެޑްގެ ތެރެއިން ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ. މި ނޫހަށް އެނގިފައިވާ ގޮތުގައި އިންޑިއާ ސިފައިންގެ ބަޔަކު އެރީ އދ. މަހިބަދޫއަށް ނިސްބަތްވާ "އަސުރުމާ 3" ދޯންޏަށެވެ.

"ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ވަނިކޮށް ދިވެހި މަަސްދޯންޏަަކަށް ބޭރުގެ އަސްކަރިއްޔާއަކަށް ނިސްބަތްވާ އުޅަނދެއްގެ ބޯޑިން ޓީމަކުން މަސްދޯންޏަށް އަރާފައިވާކަމުގެ ރިޕޯޓެއް ލިބިފައިވާތީ އެކަން އެމްއެންޑީއެފްއިން ބަލަމުންގެންދާކަމުގައި ދަންނަވަން،" ސިފައިން ބުންޏެވެ.

"އަދި އެސަރަހައްދަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދެއް މިހާރުދަނީ ދަތުރު ކުރަމުން ކަމުގައި ވެސް ދަންނަވަން."

އިންޑިއާ ސިފައިން އަރައިގެން ބަލައި ފާސް ކުރި ދޯނީގެ ފޮޓޯއެއް: އެ ދޯނީގައި އިންޑިއާ ސިފައިން ހަރަކާތްތެރިވާތާ ދެ ގަޑިއިރު ވެއްޖެ -- ފޮޓޯ: އަސުރުމާ


އަސުރުމާ 3 ދޯނި މެނޭޖް ކުރާ ފަރާތުން "އަދަދު" އާ ވާހަކަ ދައްކަމުން ބުނީ އިންޑިއާގެ ދެ މަނަވަރެއް 2:30 ހާއިރުން ފެށިގެން އެ އޮޑި ވަށާލައިގެން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އިންޑިއާގެ މަނަވަރުން ފޭބި ސިފައިން މަސް ދޯންޏަށް އެރުމަށްފަހު ތަކުރާރުކޮށް އަހަމުން އަންނަނީ ސެޓެލައިޓް ފޯނެއް ބޭނުން ކުރަމުންދޭތޯ ކަމަށް ވެސް އޭނާ ބުންޏެވެ.

"މިއަދު ދެގަޑި ބައިން ފެށިގެން ދޯންޏާ ގުޅެމުން ދަނީ، ދޯންޏާ ކޯސްޓުގާޑާ ގުޅުވާ ހަމަ ހުރިހާކަމެއް އަޅުގަނޑުމެން ކޮށްފިން މިހާރު. ދޯނިން ބުނީ އިންޑިއާގެ ދެ މަނަވަރު އެބަ އޮތޯ ދޯނި ކައިރީގަ. [ދޯންޏަށް] އަރާ އެމީހުން އެބަ އުޅޭ ދޯނި ތެރޭގަ،" އޭނާ ބުންޏެވެ.

އިންޑިއާގެ ސިފައިން ދޯނި ބަލައި ފާސްކޮށްފައިވާ ކަމަށް ވެސް ދޯނީގެ ފަރާތުން ދެއްކި މީހާ ބުންޏެވެ.

"އެމީހުން ސުވާލުކޮށް ފާސް ވެސް ކުރާކަމަށް ކެޔޮޅު ބުނި. ތުރާޔާ ސެޓްލައިޓް ފޯނު އޮތްތޯ ސުވާލުކުރަނީ. އެކަމަކު ތުރާޔާ ފޯނު ރާއްޖޭގަ ބޭނުން ކުރުމަކީ މަނާ ކަމެއް ވެސް ނޫން. އެ ދޯނީގަ ނޯންނާނެ އޭގެ ފޯނެއް ވެސް. އެ ދޯނީގަ އިންނާނީ އުރީދޫއިން ހަރުކޮށްފައިން ޑިވައިސްއެއް،" އޭނާ ކިޔައިދިނެވެ.