Advertisement

އެލިއާއިން ފުލުހުންނަށް ޔަމަހާ 100 ހޯސްޕަވަރުގެ ދެ އިންޖީނު ހަދިޔާ ކޮށްފި

31 ޖަނަވަރީ 2024 - 13:31 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

އެލިއާގެ އެމްޑީ އަލާއު އަލީ އާއި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު: ފުލުހުންގެ މެރިން ސާވިސް ސެންޓަރަކީ ވެސް އެލިއާގެ އެހީގައި އެޅި ތަނެއް -- ފޮޓޯ: ފުލުހުން


އެލިއާއިން ފުލުހުންނަށް ޔަމަހާ 100 ހޯސްޕަވަރުގެ ދެ އިންޖީނު ހަދިޔާ ކޮށްފި

31 ޖަނަވަރީ 2024 - 13:31 0

ވިޔަފާރީގައި ރާއްޖޭގެ މަގުބޫލު ކުންފުންޏެއް ކަމުގައިވާ އެލިއާއިން މޯލްޑިވްސް ޕޮލިސް ސާވިސްއަށް ޔަމަހާއިން 100 ހޯސްޕަވަރުގެ ދެ އައުޓްބޯޑު އިންޖީނު ހަދިޔާ ކޮށްފި އެވެ.

ޔަމަހާގެ އައުޓްބޯޑު އިންޖީނުތައް ހަވާލުކުރީ ދޫނިދޫގައި ހުންނަ ދިވެހި ފުލުހުންގެ ހިދުމަތުގެ މެރިން އިންޖިން ސާވިސް ސެންޓަރާ އެވެ. މި އިންޖީނުތައް ހަވާލުކޮށްދެއްވީ އެލިއާ އިންވެސްޓްމެންޓުގެ މެނޭޖިން ޑިރެކްޓަރު އަލާއު އަލީ އެވެ. އަދި މި އިންޖީނުތަކާއި ހަވާލުވެވަޑައިގެންނެވީ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އެވެ.

ދޫނިދޫގައި 2019 ވަނަ އަހަރު ގާއިމުކުރި ފުލުހުންގެ މި މެރިން އިންޖިން ސާވިސް ސެންޓަރަކީ ވެސް އެލިއާގެ މާލީ އެހީތެރިކަމާއި ފަންނީ ލަފަޔާއި އިރުޝާދާއިއެކު ފުލުުހުން ގާއިމުކުރި މަރުކަޒެކެވެ.

އެލިއާ އިންވެސްޓްމެންޓުގެ މެނޭޖިން ޑިރެކްޓަރު އަލާއު އަލީ


އެލިއާއިން ބުނި ގޮތުގައި އެކުންފުނީގެ ވިޔަފާރިއަށް ކާމިޔާބު 60 އަހަރު ފުރުން މި އަހަރު ފާހަގަ ކުރަމުންދާއިރު ދިވެހި ފުލުހުންގެ ހިދުމަތާއެކު އެކުންފުނިން ގާއިމުކޮށްފައިވާ ގުޅުމަކީ ޔަމަހާ އައުޓްބޯޑް އިންޖީނު ރާއްޖެއަށް ތައާރަފު ކުރެވުނު ހިސާބުން ފެށިގެން ކުރިއަރަމުން އައިސްފައިވާ ގުޅުމެއް ކަމަށެވެ.

އެގޮތުން ވޭތުވެދިޔަ ދިގު މުއްދަތުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ފްލީޓަށް ހިދުމަތް ފޯރުކޮށް ދިނުމުގައި ދެމިތިބުމަކީ އެ ކުންފުންޏަށް ލިބޭ ބޮޑު ޝަރަފެއް ކަމަށެވެ. އަދި އެއީ ގައުމަށް ކޮށްދެވޭ އަގުހުރި މަސައްކަތެއް ކަމަށް އެލިއާއިން ގަބޫލުކުރެއެވެ.

އެލިއާއަކީ ދަތުރުފަތުރު ކުރުމުގެ ދާއިރާގައި ދިވެހި ކަނޑުތަކަށް އިންގިލާބެއް ގެނެސްދިން ބައިވެރިއެކެވެ. ރާއްޖެއަށް ޔަމަހާ އައުޓްބޯޑު އިންޖީނު ތައާރަފުކޮށް، އެލިއާއިން ފެންވަރު ރަނގަޅު އާފްޓާ ސޭލްސް ސާވިސްއެއް މެދުކެނޑުމެއްނެތި ފޯރުކޮށްދެމުން އަންނަތާ ރަން ޔޫބިލް (50 އަހަރު) ފުރުން މި އަހަރު ފާހަގަ ކުރާނެ އެވެ.