Advertisement

މާލޭ މަގުތަކުން ދޫކޮށްފައިވާ ޕާކިން ޖާގަތަކާ ގުޅޭ ގޮތުން ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

30 ޖަނަވަރީ 2024 - 09:41 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

މާލޭގެ މަގެއްގައި އުޅަނދުތަކެއް ޕާކުކޮށްފައި؛ ސިޓީ ކައުންސިލުން މާލޭ މަގުތައް މަތިން ގިނަ އަދަދެއްގެ ޕާކިން ސްލޮޓު ވިއްކާފައިވޭ -- ފޮޓޯ: އަދަދު


މާލޭ މަގުތަކުން ދޫކޮށްފައިވާ ޕާކިން ޖާގަތަކާ ގުޅޭ ގޮތުން ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

30 ޖަނަވަރީ 2024 - 09:41 0

މާލޭ މަގުތަކުން ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ދޫކޮށްފައިވާ ޕާކިން ސްލޮޓުތަކާ ގުޅޭގޮތުން ޝަކުވާ ހުށަހަޅަން ސިޓީ ކައުންސިލުން އިއްޔެ ހުޅުވާލައިފި އެވެ.

މާލެ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ޕާކިން ސްލޮޓުތަކާ ގުޅޭ ގޮތުން އެެއްވެސް ޝަކުވާއެއް އޮތް ނަމަ ފެބްރުއަރީ ފަހެއްގެ ކުރިން ޝަކުވާ ހުށަހަޅަން އެދޭ ކަމަށެވެ. އަދި ޕާކިން ސްލޮޓު ލިބުނު މެސެޖަށް ފަހު އިތުރު މުއާމަލާތެއް ނުކުރާ މީހުންނާއި ޕާކިން ސްލޮޓް ލިބުނުކަން އެންގުމަށް ފަހު އެއްބަސްވުން ނަހަދާ މީހުން ވެސް އެކަން ކައުންސިލަށް އަންގައިދިނުމަށް އެދިފައި ވެއެވެ.

މާލޭގެ މަގުތަކުގެ އަރިމަތިން ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ގިނަ ޕާކިން ޖާގަތަކެއް ދޫކޮށްފައި އެބަހުއްޓެވެ. އެކަން އިއުލާންކުރި ދުވަހުން ފެށިގެން މީހުން އަންނަނީ މިހާރު ވެސް މާލޭގައި ޖާގައިގެ ދަތިކަން އިންތިހާގައި ހުއްޓައި، ޕާކިންއަށް މަގުމަތިން ޖާގަ ދޫކުރި މައްސަލައިގައި ނުހުރުން ފާޅުކޮށްފަ އެވެ.

އެންމެ ފަހުން މަގުތަކުން ޕާކިން ޖާގަ ދޫކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގަ އެވެ. ދެފުރޮޅުލީ އުޅަނދުތަކަށް ޕޭވްމަންޓުމަތިން ޕާކިން ޖާގަ ދޫކުރި މައްސަލައެއް ވެސް މިދޭތެރެއަކުން ފެންމަތިވި އެވެ.