Advertisement

ތިން ގަޑިއިރެއްހާއިރު ފަހުން މުޒާހަރާ ރޫޅާލަން ފުލުހުން މަސައްކަތް ކުރަނީ

28 ޖަނަވަރީ 2024 - 11:20 0

ހަސަން މުހައްމަދު

ހ

Advertisement


ތިން ގަޑިއިރެއްހާއިރު ފަހުން މުޒާހަރާ ރޫޅާލަން ފުލުހުން މަސައްކަތް ކުރަނީ

28 ޖަނަވަރީ 2024 - 11:20 0

Advertisement

Advertisement

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނޭ ބައެއް ވަޒީރުންނަށް ރުހުން ނުދޭން އިދިކޮޅު ޕާޓީތަކުން ނިންމުމުން، ރައްޔިތުންގެ މަޖިލީހުގެ ކައިރީ ސަރުކާރަށް ތާއީދު ކުރާ ބަޔަކު ކުރަމުން އަންނަ މުޒާހަރާ ރޫޅާލުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ރައްޔިތުންގެ މަޖިލިސް ކައިރީ މުޒާހަރާ ކުރަން ފެށީ މިއަދު މެންދުރު 1:00 ޖެހިއިރެވެ. މުޒާހަރާ ރޫޅާލަން ރަޔަޓް ގިޔަރުގައި ފުލުހުން އެ ސަރަހައްދަށް ދިޔައީ އޭގެ ތިންގަޑިއިރެއްހާއިރު ފަހުން 4:00 ޖެހި ފަހުންނެވެ. ނަމަވެސް އޭގެ ކުރިން ވެސް ބައެއް އެހެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވި އެވެ.

Advertisement

"ގްރީން ޒޯނުގައި މުޒާހަރާ ކުރަމުންދާތީ އަޅަންޖެހެ އެންމެހައި ފިޔަވަޅުތައް ފުލުހުން ދަނީ އަޅަމުން،" މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުންޏެވެ.

ގާތްގަނޑަކަށް 100 އަށް ވުރެ ގިނަ މީހުން ރައްޔިތުންގެ މަޖިލީސް ކައިރީގައި ހަރަކާތްތެރިވަމުންދާއިރު އެ މީހުން ގޮވާލަމުން ދަނީ ސަރުކާރަށް ހުރަސް ނޭޅުމަށާއި ވަޒީރުންނަށް ރުހުން ދިނުމަށެވެ.

ސަރުކާރަށް ތާއީދު ކުރާ މެންބަރުން ތަޅުމުގެ ދޮރުތައް ތަޅުލައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގެ ބައެއް ވަޒީރުންނަށް ރުހުން ނުދޭން އިދިކޮޅު އެމްޑީޕީ އަދި ޑިމޮކްރެޓްސް އިން ނިންމުމުން، ސަރުކާރަށް ތާއީދު ކުރާ ބައެއް މެންބަރުން މަޖިލީހުގެ ތަޅުމުގެ ދޮރުތަކުގައި ތަޅުލައިފި އެވެ.

ސަރުކާރަށް ތާއީދު ކުރާ މެންބަރުން ތަޅުމުގެ ދޮރުތައް ތަޅުލައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގެ ބައެއް ވަޒީރުންނަށް ރުހުން ނުދޭން އިދިކޮޅު އެމްޑީޕީ އަދި ޑިމޮކްރެޓްސް އިން ނިންމުމުން، ސަރުކާރަށް ތާއީދު ކުރާ ބައެއް މެންބަރުން މަޖިލީހުގެ ތަޅުމުގެ ދޮރުތަކުގައި ތަޅުލައިފި އެވެ.

Advertisement

ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް އާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ރުހުން ނުދޭން ދަ ޑިމޮކްރެޓްސް އިން ވަނީ ނިންމައިފަ އެވެ. އެމްޑީޕީން ނިންމީ ފޮރިން މިނިސްޓަރު ޒަމީރަށް ރުހުން ދިނުމަށެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގެ ވޯޓަށް އަހަން ތާވަލުކޮށްފައި އޮތީ މެންދުރު 1:30 އަށެވެ. ނަމަވެސް ސަރުކާރަށް ނިސްބަތްވާ މެމްބަރުން ވަނީ ޖަލްސާ ކުރިއަށް ގެންދިޔުމަަށް ހުރަސްއަޅައިފަ އެވެ. އެކަމުގެ ތެރޭގައި ބައެއް މެމްބަރުންގެ މެދުގައި މާރާމާރީ ވެސް ހިނގާފައިވެ އެވެ. އެގޮތުން މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް އާއި މެމްބަރު އަހުމަދު އީސާއާ ދެމެދު ވަނީ މާރާމާރީއެއް ހިނގައިފަ އެވެ.

ސަރުކާރުގެ ބައެއް މިނިސްޓަރުންނަށް ރުހުން ނުދޭން އިދިކޮޅުން ނިންމުމުން ވެރިކަން ހިންގާ ޕީއެންސީ/ޕީޕީއެމް ކޯލިޝަނުން ބުނީ ރުހުން ނުދެނީ ރައްޔިތުންނަށް ދެމުންދާ ހިދުމަތްތައް ހުއްޓުވަން ކަމަށެވެ.

"މި ވަޒީރުންނަކީ ރައްޔިތުންގެ ލާބައާއި މަންފާއަށް އިސްކަން ދެއްވައިގެން މަސައްކަތް ކުރައްވާނެ ވަޒީރުންކަމާމެދު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ޝައްކެއް ނުކުރަން، ރައީސް ވެރިކަމަށް ވަޑައިގަތުމަށްޓަކައި ރައްޔިތުންނާއި ހަމައަށް ގެނެސްދެއްވާފައިވާ ތަސައްވުރާއި އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުތައް ފުރިހަމަގޮތުގައި ތަންފީޒު ކުރައްވުމުގައި ކުރާންޖެހޭ ހުރިހާ މަސައްކަތެއް އެބޭފުޅުން ކުރައްވާނެ،" ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.