Advertisement

އެމްޑީޕީން ނިންމީ އުޝާމް، ސައީދު، ހައިދަރު އަދި ޝަހީމަށް ރުހުން ނުދޭން

28 ޖަނަވަރީ 2024 - 07:40 1

ސާއިފް ޝިޔާދު

ސ

Advertisement

ރުހުން ނުދިނުމަށް އެމްޑީޕީން ނިންމި ހައިދަރު, އުޝާމް. ޝަހީމް, ސައީދު


އެމްޑީޕީން ނިންމީ އުޝާމް، ސައީދު، ހައިދަރު އަދި ޝަހީމަށް ރުހުން ނުދޭން

28 ޖަނަވަރީ 2024 - 07:40 1

Advertisement

Advertisement

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް އާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ރުހުން ނުދޭން އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ނިންމައިފި އެވެ.

އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕުން މިއަދު އެކަން އެގޮތަށް ނިންމާފައިވާއިރު ދަ ޑިމޮކްރެޓްސް އިން އޮތީ ފޮރިން މިނިސްޓަރު މޫސާ ޒަމީރަށް ވެސް ރުހުން ނުދޭން ނިންމާފަ އެވެ. އެ ޕާޓީން ރުހުން ނުދޭ ލިސްޓުގައި ސައީދު ފިޔަވައި އެމްޑީޕީން ނުދޭން ތިބި ހުރިހާ ވަޒީރުން ހިމެނެ އެވެ.

Advertisement

އެމްޑީޕީގެ ޕީޖީ ގްރޫޕްގެ މެމްބަރަކު ވަނީ މި ވަޒީރުންނަށް ރުހުން ދިނުމާ ދެކޮޅަށް އެ ޕާޓީން ފާސްކޮށްފައިވާކަން ކަށަވަރުކޮށްދީފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނަށް ރުހުން ދިނުމަށް ވޯޓަށް އަހާނެ އެވެ. އެކަމާ ގުޅޭގޮތުން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ތައްޔާރުކުރި ރިޕޯޓު އިއްވާފައިވާއިރު ވޯޓުލުން އޮންނާނީ މެންދުރު 1:30 ގަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދެއްކެވި އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ މެމްބަރުން ވެސް ވަނީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ރުހުން ނުދޭނެކަން ކުރިއާލާ ހާމަކޮށްފަ އެވެ. މަޖިލީހުގެ މެޖޯރިޓީ އޮތީ އެ ދެ ޕާޓީއަށެވެ.

Advertisement

Advertisement

100.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

ތިންބާރު

about 1 year ago

ވަޒީރުންނަށް ރުހުން ނުދޭން އެމްޑީޕީ އަދި ދަނޑި ޕާޓީން ނިންމުމަކީ ވަރަށް ޒިންމާދާރު ކުޑަކޮށް ކުރިކަމެއް! ތި ނިންމުން ބަދަލުކުރޭ އެހެން ނޫނީ ތިކަމުގެ ނޭދެވޭ އަސަރު މަޖިލިސް އިންތިހާބުގައި ވަރަށް ބޮޑަށްކުރާނެ! ރައްޔިތުންނަށް އޭރުން ވިސްނައިދެވޭނީ ސަރުކާރުގެ އެކިއެކި މަޝްރޫއުތަކަށް އިނދިކޮޅުން ހުރަސް އަޅާނެކަމަށް!