Advertisement

ހުލާސާކޮށް އިއްޔެ: ނަސްލު ނައްތާލުން ހުއްޓާލުމުގެ އަމުރު

27 ޖަނަވަރީ 2024 - 06:57 0

އިޒްރޭލުން ގާޒާގެ އިމާރާތްތަކެއް ބިމާ ހަމަކޮށްލާފައިވާ މަންޒަރު މީހަކު ބަލަނީ


ހުލާސާކޮށް އިއްޔެ: ނަސްލު ނައްތާލުން ހުއްޓާލުމުގެ އަމުރު

27 ޖަނަވަރީ 2024 - 06:57 0

އިޒްރޭލުން ގާޒާގައި ކުރަމުންދާ ހަނގުރާމައިގައި ފަލަސްތީނުގެ ނަސްލު ނައްތާލުމުގެ އަމާޒުގައި ހިންގަމުންދާ ހުރިހާ އަމަލެއް ހުއްޓުމަށް އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އިން އިއްޔެ އަމުރު ނެރުނެވެ.

ގާޒާގައި ހިންގަމުން ގެންދަނީ ގަތުލުއާންމެއް ކަމާއި އެއީ ހަނގުރާމައިގެ ޖަރީމާތަކެއް ކަމަށް ބުނެ ހުށަހެޅި 84 ސަފުހާގެ އެ މައްސަލައިގައި ވަނީ ގަތުލުއާއްމުތައް ހުއްޓުވުމުގެ ބައިނަލްއަގުވާމީ މުއާހަދާއާ ވެސް އިޒްރޭލުން ހިލާފުވެފައިވާ ކަމަށެވެ. އެހެންވެ ދެކުނު އެފްރިކާއިން ބޭނުންވަނީ ހަނގުރާމަ މެދުކަނޑާލަން އައިސީޖޭއިން އެންގުމެވެ. ނަމަވެސް, ހަނގުރާމަ މެދުކަނޑާލަން އިއްޔެގެ އަމުރުކޮށްފައި ނުވެ އެވެ.

އެ އަމުރު ތަންފީޒުކުރުން އިޒްރޭލުގެ މައްޗަށް މަޖުބޫރު ކުރުމަށް ހަމާސްގެ އިސް އޮފިޝަލަކު ވަނީ ގޮވާލައިފަ އެވެ. އަދި, މިއީ އިޒްރޭލުން ހިންގާ ހަނގުރާމައިގެ ޖަރީމާތައް މުޅި ދުނިޔެއަށް ހާމަވެ އެ ގައުމު އެކަހެރިވެގެންދާނެ ކަމެއްގެ ގޮތުގައި ހަމާސްގެ އިސް އޮފިޝަލް ސިފަކުރެއްވި އެވެ.

ޔޫކްރެއިންގެ އަސްކަރީ އޮޕަރޭޝަންތައް ވަގުތުން މެދުކަނޑާލުމަށް އައިސީޖޭން 2022 ގައި ރަޝިއާއަށް އެންގި އެވެ. ނަމަވެސް އެ އެންގުމަށް ރަޝިއާއިން އަމަލެއް ނުކުރެ އެވެ.

އައިސީޖޭއިން މިފަދަ އަމުރެއް އިއްޔެ ނެރުނު ނަމަވެސް މާޒީގެ ސަފުހާތަކަށް ނަޒަރު ހިންގާއިރު އިޒްރޭލުން އެ އަމުރަށް ތަބާވާނެ ކަމަކަށް ނުބެލެވެ އެވެ.

އިޒްރޭލަކީ އދ. ގެ އާންމު ގަރާރަކުން ވުޖޫދުކުރި ގައުމަކަށްވީ ނަމަވެސް އެ ޖަމިއްޔާގެ ބޮޑު އަގުލަބިއްޔަތުން ފާސްކުރާ ގަރާރުތަކަށް ވެސް އެ ގައުމުން އަމަލެއް ނުކުރެ އެވެ.

ދެކުނު އެފްރިކާއިން ހުށަހެޅި މައްސަލަ އަށް ގިނަ ގައުމުތަކުން ތާއިދުކޮށްފައި ވާއިރު، ތާއިދު ނުކުރާ ގައުމުތަކުގެ ތެރޭގައި އިޒްރޭލުގެ އެންމެ ބޮޑު ވާގިވެރިޔާ އެމެރިކާ އަދި އިނގިރޭސި ވިލާތް ހިމެނެ އެވެ. އެ މައްސަލަ އަށް ތާއިދުކުރާކަން ހާމަކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި އިސްލާމީ 57 ގައުމު ހިމެނޭ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކަންޓްރީސް (އޯއައިސީ) ހިމެނެ އެ އެވެ.

އޮކްޓޯބަރު 7، 2023 ގައި ފެށި ހަނގުރާމައިގައި މިހައިތަނަށް ފަލަސްތީނުގެ 26،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވެ އެވެ.

ހަނގުރާމަ ހުއްޓައިލުމަށް އެކި ގައުމުތަކުންނާއި ޖަމާއަތްތަކުން ގޮވާލި ގޮވައިލުންތަކަށް އިޒްރޭލުން ދިނީ ބީރު ކަންފަތެކެވެ. އިޒްރޭލުން ބުނީ ހަނގުރާމަ ހުއްޓައިލާނީ ހަމާސްގެ ވަސް އެއްކޮށް ފުހެލުމަށް ފަހު ކަމަށެވެ.

މުހިއްމު ބައެއް ހަބަރު