Advertisement

ގާނޫނާ ހިލާފު ކޮންޓެންޓެއް ނަމަ ޖަލަށް ލެވޭ ގޮތަށް ސްރީ ލަންކާގައި ގާނޫނެއް

25 ޖަނަވަރީ 2024 - 06:47 0


ގާނޫނާ ހިލާފު ކޮންޓެންޓެއް ނަމަ ޖަލަށް ލެވޭ ގޮތަށް ސްރީ ލަންކާގައި ގާނޫނެއް

25 ޖަނަވަރީ 2024 - 06:47 0

އޮންލައިން ޕްލެޓުފޯމުތަކުގައި ސާބިތު ނުހިފޭ ވާހަކަ ދައްކައިފި ނަމަ ފަސް އަހަރުގެ ޖަލު ހުކުމެއް، ނުވަތަ ފަސް ލައްކަ ރުޕީސްގެ ޖޫރިމަނާއެއް ކުރެވޭ ގޮތަށް ސްރީ ލަންކާގެ ގާނޫނު ހަދާ މަޖިލީހުން ބިލެއް ފާސްކޮށްފި އެވެ.

އެ ގައުމުގެ ރިޔާސީ އިންތިހާބާއި ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބު ބޯމަތީގައި އޮތްވައި އޮންލައިން ސޭފްޓީ ބިލް އަވަސް އަރުވާލައިގެން ފާސްކުރުމުގެ ބޭނުމަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހިފެހެއްޓުމަށް ކަމަށް ބުނެ ދަނީ ފާޑުކިޔުންނެވެ.

މިއީ ގާނޫނުއަސާސީއާ ހިލާފު ބިލެއް ކަމަށް އެ ގައުމުގެ އިދިކޮޅު މެމްބަރުން ވިދާޅުވެ އެވެ.

ނަމަވެސް ރައީސް ރަނިލް ވިކްރަމަސިންހަގެ ސަރުކާރުން ބުނަނީ މި ބިލުގެ ބޭނުމަކީ ކުޑަކުދިންނަށް ކުރާ އަނިޔާ އާއި ޑޭޓާ ވަގަށް ނެގުމާއި ސައިބާ ކްރައިމް މަދުކުރުމެވެ.

"މިދިޔަ އަހަރު ސްރީލަންކާގައި 8،000 ސައިބާ ކްރައިމްގެ މައްސަލަ ހުށަހެޅި. އެންމެންވެސް އެއްބަސްވޭ، މިކަންކަން ހައްލުކުރަން ގާނޫނުތައް ބޭނުންވާކަން. އެހެންވީމަ މި ގާނޫނު މި ގެންނަނީ،" އެ ބިލު މަޖިލީހަށް ހުށަހަޅުއްވަމުން ޕަބްލިކް ސެކިއުރިޓީ މިނިސްޓަރު ޓިރާން ވިދާޅުވި އެވެ.

ބިލްގެ މަގުސަދަކީ މީޑިއާ އާއި ސިޔާސީ އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލުމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިއްޔެ ފާސްކުރި ބިލުގައިވާ ގޮތުން މައްސަލަ ބަލާނީ ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނަކުންނެވެ. އެ ކޮމިޝަނުން ފޭސްބުކް، އެކްސް (ކުރިން ޓްވިޓާ) އަދި ގޫގުލްގައި އުފައްދާ ކޮންޓެންޓުތައް ބަލައި ފިޔަވަޅު އަޅާނެ އެވެ.

މި ބިލުން ސްރީލަންކާގެ އައިޓީ އިންޑަސްޓްރީގެ އިންވެސްޓްމަންޓުތަކަށް ގެއްލުންވާނެ ކަމަށް އެ ދާއިރާގެ ފަރާތްތަކުން ބުނެ އެވެ.