Advertisement

ފައިނަލްގައި ޗެލްސީއާ ދެކޮޅަށް ކުޅޭނީ ލިވަޕޫލް

25 ޖަނަވަރީ 2024 - 06:28 0

ފުލަމް ކޮޅަށް ގޯލު ޖެހުމަށް ފަހު ޑިއާޒް އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ


ފައިނަލްގައި ޗެލްސީއާ ދެކޮޅަށް ކުޅޭނީ ލިވަޕޫލް

25 ޖަނަވަރީ 2024 - 06:28 0

ލަންޑަން (ޖެނުއަރީ 25) - އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލްގައި ފުލަމްގެ މައްޗަށް ކުރިހޯދުމަށް ފަހު، ލިވަޕޫލުން މުބާރާތުގެ ފައިނަލުގައި ޗެލްސީއާ ދެކޮޅަށް ކުޅެން ތައްޔާރުވެއްޖެ އެވެ.

ފުލަމް ދަނޑުގައި ރޭ ކުޅުނު ދެ ވަނަ ލެގު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އެގްރިގޭޓަށް ބަލާއިރު، ލިވަޕޫލުން ކުރިހޯދީ 3-2 އިންނެވެ. އަންނަ މަހު، 25 ވަނަ ދުވަހު ލިވަޕޫލާ ދެކޮޅަށް ލީގު ކަޕް ފައިނަލުގައި ކުޅޭ ޗެލްސީން ވަނީ ސެމީ ފައިނަލުގައި މިޑްލްސްބަރާގެ މައްޗަށް ކުރިހޯދައިފަ އެވެ.

ކްރޭވަން ކޮޓޭޖުގައި ރޭ ކުޅުނު މެޗު ފަށައިގެން، 11 ވަނަ މިނިޓްގައި ލިވަޕޫލުން ވަނީ ލީޑުނަގައިފަ އެވެ. އެ ގޮތުން، ލިވަޕޫލްގެ ލުއިޒް ޑިއާޒް ޖެހި ބޯޅަ ފުލަމްގެ ކުޅުންތެރިއަކު ފައިގައި ޖެހިފައި، ގޯލުގެ ކައިރީ ކަނަށް ވަނީ އެ ޓީމުގެ ކީޕަރު، ބާން ލެނޯ އަތުގައި ވެސް ޖެހިފަ އެވެ.

ދެ ވަނަ ހާފުގައި ލިވަޕޫލަށް ލީޑުފުޅާކޮށްދޭން ޑާވިން ނޫނޭޒް ވަނީ ރަނގަޅު ދެ ހަމަލާއެއް ފޮނުވާލައިފަ އެވެ. ނޫނޭޒް ޖެހި އެއް ބޯޅަ ކީޕަރު ލެނޯ މަތަކުރިއިރު، ދެން ފޮނުވާލި ޝޮޓް ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

ފުލަމް އަށް ގޯލެއް ޖަހައިދޭން ހުސްކޮށް ލިބުނު ފުރުސަތެއްގައި އަންޑްރެއަސް ޕެރެއިރާ ޖެހި ޝޮޓް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

މެޗުގެ 76 ވަނަ މިނިޓްގައި ފުލަމް އިން ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. އެ ޓީމުގެ ލަނޑު ޖެހީ އީސާ ދިއޮޕް އެވެ. މިއީ ބަދަލަކަށް ކުޅެން އެރި ފުލަމްގެ ހެރީ ވިލްސަން ނަގައިިދިން ހުރަހަކަށް އަރައި، ދިއޮޕް ޖެހި ލަނޑެކެވެ.

ލީގު ކަޕްގެ ޗެމްޕިއަންކަން އެންމެ ގިނަ ފަހަރު ހޯދުމުގެ ރެކޯޑް އޮތީ ވެސް ލިވަޕޫލް އަތުގަ އެވެ. ލިވަޕޫލުން ވަނީ ނުވަ ފަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އެންމެ ފަހުން ތަށި އުފުލާލީ ވެސް ޗެލްސީ ބަލިކޮށްފަ އެވެ.