Advertisement

ފުވައްމުލަކުގައި އެކްސިޑެންޓުވި ޒުވާނާ މަރުވެއްޖެ

23 ޖަނަވަރީ 2024 - 13:46 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ފުވައްމުލަކު ސިޓީ: އެކްސިޑެންޓުގައި މަރުވީ އުމުރުން 30 އަހަރުގެ ޒުވާނެއް -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ފުވައްމުލަކުގައި އެކްސިޑެންޓުވި ޒުވާނާ މަރުވެއްޖެ

23 ޖަނަވަރީ 2024 - 13:46 0

ސައިކަލެއް ކޮންޓްރޯލްނުވެ ގޮސް ފާރެއްގައި ޖެހި ފުވައްމުލަކު ސިޓީގައި ހިނގި އެކްސިޑެންޓުގައި ހާނިއްކަވި ޒުވާނާ މިއަދު މަރުވެއްޖެ އެވެ.

އެ އެކްސިޑެންޓުގައި މަރުވީ އިބްރާހިމް ސިމާނު، 30، އެވެ. އޭނާ މަރުވީ މިއަދު ހެނދުނު 8:30 ގައި ކަމަށް އައިޖީއެމްއެޗް އިން ބުނެ އެވެ.

އެ އެކްސިޑެންޓު ހިނގީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭގަނޑެވެ. ހަމަ އެ ރޭ އޭނާ ވަނީ މާލެ ގެނެސްފަ އެވެ.

ސިމާނުގެ މައްޗަށް ކުރާ ކަށުނަމާދު އޮންނާނީ މިއަދު އަސްރު ނަމާދަށް ފަހު، ހުޅުމާލެ ސަހަރާ މިސްކިތުގަ އެވެ.

އެ އެކްސިޑެންޓުގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.

އާބާދީގައި 12,790 މީހުން ހިމެނޭ ފުވައްމުލަކަކީ ރާއްޖޭގެ ތިންވަނައަށް އެންމެ އާބާދީ ބޮޑު ތަނެވެ. ބިމުގެ ބޮޑުމިނުގައި 491.7 ހެކްޓަރު ހުންނަ ފުވައްމުލަކުގައި މީގެ ކުރިން ވެސް ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާފައި އެބަހުއްޓެވެ.