Advertisement

ފުނަދޫ ފިއުލް ފާމް މާގިރިފަޅަށް ބަދަލުކުރަން ނިންމައިފި

21 ޖަނަވަރީ 2024 - 17:30 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ކ. ފުނަދޫ ޖެޓީއަށް ތެޔޮ ޓޭންކަރެއް ގާތްކޮށްފައި.


ފުނަދޫ ފިއުލް ފާމް މާގިރިފަޅަށް ބަދަލުކުރަން ނިންމައިފި

21 ޖަނަވަރީ 2024 - 17:30 0

ފުނަދޫގައި ގާއިމުކޮށްފައިވާ ފިއުލް ފާމް ކ. މާގިރިފަޅަށް ބަދަލުކުރަން ސަރުކާރުން ނިންމައިފި އެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުالله ނާޒިމް ވަނީ ފުނަދޫގައި ތެޔޮ ރައްކާ ކުރާ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހުށަހަޅާފައިވާ މައްސަލާގައި އިކޮނޮމިކް ކައުންސިލުން ގޮތްތަކެއް ނިންމަވާފައިވާކަން ހާމަކުރައްވާފަ އެވެ.

އެގޮތުން, އެ ފިއުލް ފާމް ބަދަލުކުރަން ނިންމާފައިވަނީ ކ. މާގިރިފަޅަށް ކަމަށް ނާޒިމް ހާމަކުރެއްވި އެވެ.

ސަރުކާރުން ހިންގަމުން އަންނަ ބިންވެރިޔާ އާއި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ގޯތިތަކާއި ސޯޝަލް ހައުސިންއަށް ހާއްސަކޮށްފައިވާ ބިންތަކުން އާބަންކޯއަށް ލިބުނު ގެއްލުން ފޫބައްދަން މާގިރިފަޅަށް ދޭން ނިމިދިޔަ ސަރުކާރުން ނިންމީ ނޮވެމްބަރު 13, 2023 ގަ އެވެ. އެ ނިންމުން ނިންމީ އޭރުގެ އިކޮނޮމިކް ކައުންސިލުންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ސްޕެޝަލް އިކޮނޮމިކް ޒޯނަކަށް ފުނަދޫ ހަދައި، ބައިނަލްއަގުވާމީ ފައިނޭންޝަލް ސެންޓަރެއް އެ ރަށުގައި ގާއިމު ކުރުމަށް ނިންމާފަ އެވެ.

ފުނަދޫގައި މިވަގުތު 48,000 ޓަނުގެ ޑީސަލާއި 10,000 ޓަނުގެ ޕެޓްރޯލް ރައްކާ ކުރުމުގެ ކެޕޭސިޓީ ހުރެ އެވެ.