Advertisement

ސްޕެނިޝް ކަޕްގައި އެތުލެޓިކޯ އިން ރެއާލް ކަޓުވާލައިފި

19 ޖަނަވަރީ 2024 - 09:49 0

ރެއާލް ކޮޅަށް ގޯލު ޖެހުމަށް ފަހު ގްރީޒްމަން އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ


ސްޕެނިޝް ކަޕްގައި އެތުލެޓިކޯ އިން ރެއާލް ކަޓުވާލައިފި

19 ޖަނަވަރީ 2024 - 09:49 0

މެޑްރިޑް (ޖެނުއަރީ 19) - ސްޕެނިޝް ކަޕްގައި ރޭ ކުޅުނު ގަދަ 16 ބުރުގެ މެޗުގައި ވާދަވެރި ރެއާލް މެޑްރިޑް ކަޓުވާލުމަށް ފަހު އެތުލެޓިކޯ މެޑްރިޑް ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.

އެތުލެޓިކޯ މި މެޗުން މޮޅުވީ 4-2 އިންނެވެ. މި ސީޒަނުގައި ރެއާލް ބަލިވި ދެ މެޗަކީ، ވެސް އެތުލެޓިކޯ ދަނޑު، ވަންޑާ މެޓްރޮޕޮލިޓާނޯގައި ކުޅުނު ދެ މެޗުގަ އެވެ.

ދާދި ފަހުން ސްޕެނިޝް ސުޕަ ކަޕް ސެމީ ފައިނަލުގައި އެތުލެޓިކޯ ބަލިކޮށް، ރެއާލުން ވަނީ ފައިނަލުގައި ބާސެލޯނާގެ މައްޗަށް ވެސް ކުރިހޯދައިފަ އެވެ. އެކަމަކު، ރޭގެ މެޗު ފެށިގެން އެތުލެޓިކޯ އިން އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ތަފާތު ރޫހެއް ދެއްކި އެވެ.

އެ ގޮތުން، އެތުލެޓިކޯ އިން ލީޑުނެގީ، 39 ވަނަ މިނިޓްގައި ސެމިއުލް ލީނޯ ޖެހި ގޯލުންނެވެ. އެކަމަކު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލޫކަ މޮޑްރިޗް ޖެހި ހިލޭޖެހުމެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި އެތުލެޓިކޯގެ ކީޕަރު ޔެން އޮބްލަކް އަތުން ބައިކޮޅަށް ގޯލެއް ވަނުމާ އެކު، ރެއާލުން ނަތީޖާ ހަމަހަމަކުރި އެވެ.

ދެ ވަނަ ހާފުގައި، އަލްވާރޯ މޮރާޓާގެ ގޯލުން އެތުލެޓިކޯ އިން އަލުން ލީޑުނެގިއިރު، މެޗުގެ ފުރިހަމަ ވަގުުތު ހަމަވާން އަށް މިނިޓަށް ވެފައި ވަނިކޮށް ހޮސޭލޫ ވަނީ ރެއާލަށް އެއްވަރުކޮށްދީފަ އެވެ. ނަތީޖާ ނެރެން އިތުރު ވަގުތުގެ ދެ ހާފް ކުޅެން ޖެހުނެވެ. އެތުލެޓިކޯ އަށް ދެން ލީޑުނަގައިދިނީ މެޗުގެ 100 ވަަނަ މިނިޓްގައި އެންޓޮއިން ގްރީޒްމަން އެވެ. މިއީ މެމްފިސް ޑިޕާއި ދިން ބޯޅައަކުން ގްރީޒްމަން ޖެހި ގޯލެކެވެ.

އެތުލެޓިކޯ އިން ކުއާޓާގެ ޖާގަ ޔަގީންކުރީ އިތުރު ވަގުތުގެ ދެ ވަނަ ހާފުގައި ރޮޑްރީގޯ ރިކޭލްމޭ އެވެ.