Advertisement

ފިލްމީ ތަރި ސީޒަންއަށް ލަންކާގައި ހުންނަ, ރާއްޖޭގެ ހައިކޮމިޝަނުގެ މަގާމެއް ދީފި

17 ޖަނަވަރީ 2024 - 20:33 4

ނިމާ ހަސަން

ނިމާ ހަސަން

ފިލްމީ ތަރި ސީޒަން, ރައީސް މުއިއްޒުއާއެކު; އޭނާއަށް ވަނީ ލަންކާގައި ހުންނަ ދިވެހި ހައި ކޮމިޝަނުން މަގާމެއް ދީފައި


ފިލްމީ ތަރި ސީޒަންއަށް ލަންކާގައި ހުންނަ, ރާއްޖޭގެ ހައިކޮމިޝަނުގެ މަގާމެއް ދީފި

17 ޖަނަވަރީ 2024 - 20:33 4

ފިލްމީ ތަރި އަލީ ސީޒަން އަށް ކޮލޮމްބޯގައި ހުންނަ ދިވެހި ހައި ކޮމިޝަނުގެ މަގާމެއްދީފި އެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި ސީޒަން ހަމަޖެއްސީ ފަސްޓް ސެކްރެޓަރީގެ މަގާމަށެވެ.

ސީޒަން އަދީ ދިވެހި ފިލްމު އިންޑަސްޓްރީގައި އެންމެ ދިނަ ދުވަސްވީ އެއް ފަންނާނެވެ. ފިލްމީ ދާއިރާއިން ދުރަށް ޖެހިލާ, ސިޔާސީ ދާއިރާއަށް ވަންނަން ނިންމާފައިވާކަން އޭނާ ވަނީ މިދިޔަ އަހަރު ފަހުކޮޅު އިއުލާނު ކުރިއެވެ.

އޭރު އޭނާ އިއުލާނު ކުރެއްވީ މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ތުލުސްދޫ ދާއިރާއަށް ވާދަ ކުރަން ނިންމަވާފައިވާ ކަމެވެ. އެހެންވެ ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަ ކުރަން އޭނާ އޭރު ނިންމި އެވެ.

ނަމަވެސް ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނުގެ ފަސްޓް ސެކްރެޓަރީގެ މަގާމު އޭނާއަށް ވަނީ ދީފަ އެވެ.