Advertisement

ރޯމާގެ އާ ކޯޗަކަށް އެ ކްލަބުގެ ލެޖެންޑް ޑި ރޮސީ

17 ޖަނަވަރީ 2024 - 09:38 0


ރޯމާގެ އާ ކޯޗަކަށް އެ ކްލަބުގެ ލެޖެންޑް ޑި ރޮސީ

17 ޖަނަވަރީ 2024 - 09:38 0

ރޯމް، އިޓަލީ (ޖެނުއަރީ 16) - އިޓަލީގެ އޭއެސް ރޯމާގެ އާ ކޯޗަކަށް އެ ކްލަބުގެ ލެޖެންޑް ޑަނިއޭލޭ ޑި ރޮސީ ހަމަޖައްސައިފި އެވެ.

ރޯމާ އިން އާ ކޯޗެއް މި ހަމަޖެއްސީ ޕޯޗުގަލްގެ ހޯސޭ މޮރިނީއޯ އެ ކްލަބުގެ ކޯޗުކަމުން ވަކިކުރުމަށްފަހު އެވެ.

އިޓަލީގެ ގައުމީ ޓީމަށް ވެސް ކުޅުނު ޑި ރޮސީގެ ކްލަބު ކެރިއަރުގެ ބޮޑު ބައި ހޭދަކުރީ ރޯމާގަ އެވެ. ރޯމާ އިން ޑި ރޮސީ އަށް އެ ޓީމުގެ ކޯޗުކަން ހަވާލުކުރީ މި އަހަރުގެ ޖޫންގެ ނިޔަލަށެވެ.

"ރޯމާގެ ބެންޗުގައި އިނުމަކީ އަހަންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ރޯމާ އަކީ އަހަންނަށް ހާއްސަ ކްލަބެއްކަން އެންމެނަށްވެސް އެނގޭނެ،" ޑި ރޮސީ ބުންޏެވެ.

ރޯމާގެ ކޯޗުކަމުގައި ދެ އަހަރު ހޭދަކޮށްފައިވާ މޮރީނިއޯ، 60، އެ ކްލަބުން ވަކިކުރީ އެ ޓީމުގެ ނަތީޖާތައް ދަށްވުމުންނެވެ. ރޯމާ މި ވަގުތު އޮތީ ލީގު ތާވަލްގެ ނުވަނައިގަ އެވެ.

ޑި ރޮސީ، 40، އަކީ ރޯމާގެ ސަޕޯޓަރުންގެ މެދުގައި މަގްބޫލު ސަހުސިއްޔަތެކެވެ. އެ ކްލަބުގައި ގިނަ އަހަރުތަކެއް ހޭދަކުރި ޑި ރޮސީ 2020 ވަނަ އަހަރު ކެރިއަރު ނިންމާލީ އާޖެންޓީނާގެ ބޮކަ ޖޫނިއާސްގަ އެވެ.

ރޯމާގެ ކޯޗަކަށް ޑި ރޮސީ ހަމަޖެއްސި ނަމަވެސް، ކޯޗިންގައި އޭނާ އަށް އަދި މާ ބޮޑު ތަޖުރިބާއެއް ނުލިބެއެވެ. މިދިޔަ ސީޒަންގައި އޭނާ ވަނީ އިޓާލީގެ ސްޕަލްގެ ކޯޗަކަށް މަސައްކަތްކޮށްފަ އެވެ. އެކަމަކު، އެ މަގާމުގައި ޑި ރޮސީ ހޭދަކުރީ އެންމެ ހަތަރު މަހެވެ.