Advertisement

ރާއްޖޭގައި އިންފުލުއެންޒާ ފެތުރެނީ، އެކަކު މަރުވެ ތިން މީހަކު ވެންޓިލޭޓަރުގައި

14 ޖަނަވަރީ 2024 - 21:28 0


ރާއްޖޭގައި އިންފުލުއެންޒާ ފެތުރެނީ، އެކަކު މަރުވެ ތިން މީހަކު ވެންޓިލޭޓަރުގައި

14 ޖަނަވަރީ 2024 - 21:28 0

ރާއްޖޭގައި އިންފުލުއެންޒާ ފެތުރެމުންދާ ކަމަށާއި، ތިން މީހަކަށް މި ވަގުތު އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާ ކަމަށް އެތެރެހަށީގެ ޑޮކްޓަރު މުހައްމަދު އަލީ ވިދާޅުވެއްޖެ އެވެ.

މުހައްމަދު އަލީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތިން ޒުވާނަކަށް އައިޖީއެމްއެޗުން ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާ ދެމުން ދަނީ އިންފުލުއެންޒާގެ ނިއުމޯނިއާ ޖެހިގެން ކަމަށެވެ.

އިންފުލުއެންޒާގެ އެޗް1އެން1 ނުވަތަ ސްވައިން ފްލޫ ޖެހިފައިވާ މީހަކު މިދިޔަ މަސް ދުވަހުގެ ތެރޭގައި މަރުވެފައިވާ ކަމަށް ވެސް އޭނާގެ ޓްވީޓުގައި ލިޔުއްވާފައިވެ އެވެ.

އެޗްޕީއޭގެ އޮފިޝަލަކު އިތުރަށް މި ކަން ޔަގީންކޮށްދެއްވަމުން ވިދާޅުވީ، އިންފުލުއެންޒާ ޖެހިފައި ހުރި މީހަކު މަރުވި ނަމަވެސް އޭނާ ސީދާ މަރުވި ސަބަބެއް އަދި ދެނެނުގަނެވޭ ކަމަށެވެ.

"ޕޭޝަންޓުގެ އިތުރު ކޮންޑިޝަންތަކެއް ވެސް ހުރި، އިންފުލުއެންޒާގެ އިތުރަށް ވެސް،" އޮފިޝަލް އިތުރަށް ވިދާޅުވި އެވެ.

މުހައްމަދު އަލީ ލިޔުއްވާފައިވާ ގޮތުގައި ބަލި ފެތުރެމުން އައި ނަމަވެސް ޕެންޑެމިކް ނުވަތަ ބަލިމަޑުކަމުގެ ހާލަތަކަށް ގޮސްދާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

އަދި ބަލީގައި ހާލު ދެރަވެ ނުދިޔުމަށް އިންފްލުއެންޒާ ވެކްސިން ޖެހުމަށް އިލްތިމާސްކުރެއްވި އެވެ. އަދި އެ ވެކްސިން އާސަންދަ ސްކީމުން ލިބޭނެ ގޮތް ވުމަކީ އުންމީދެއް ކަމަށް ޑޮކްޓަރު ލިޔުއްވާފައިވެ އެވެ.