23 ޖަނަވަރީ 2024 - 09:25 0
މަރިޔަމް އަފާ ނިޒާމް
23 ޖަނަވަރީ 2024 - 09:25 0
ރާއްޖޭގައި އާންމު ގޮތެއްގައި ލޯޝަން ބޭނުން ކުރަންފެށި ދުވަސްވަރުން ފެށިގެން ދެގޮތެއް ނުވެ މިހާރު ވެސް ގިނަ ބަޔަކު ބޭނުންކުރާ ލޯޝަނަކީ މެލޭޝިއާގެ ވިޕްރޯ އުންޒާ ގްރޫޕްގެ އެންޝޯންޓާ އެވެ.
ދިވެހި ބާޒާރުގައި ގާތްގަނޑަކަށް 30 އަހަރު ވެފައިވާ މި އުފެއްދުން އެތެރެކޮށް ވިއްކުމުގެ ހުއްދަ އުންޒާ ކުންފުނިން ދީފައިވަނީ ލިލީ އެންޓަޕްރައިޒަސްއަށެވެ.
މި ބްރޭންޑުގެ ތަފާތު ހަތް ވައްތަރެއް މިހާރު ލިބެން އެބަ ހުއްޓެވެ. ކޮންމެ ވައްތަރެއް ވެސް ހާއްސަވަނީ ތަފާތު މީރު ވަހަކަށެވެ. އޭގެ ތެރޭގައި ހިމެނެނީ ރޮމޭންޓިކް، ޗާމިން، އެލުއާރިން، އެންޓައިސިން، ގޯޖަސް، އެލެގެންޓް މަސްކް އަދި ރޯސް އޫދު އަމޯރް އެވެ.
އެންޝޯންޓާ ބޮޑީ ލޯޝަނުގައި ހިމެނެނީ ހަމަށް ފައިދާހުރި ބާވަތްތަކެވެ. އޭގެތެރޭގައި އެލޯވެރާ، ލުނބޯ، އަދި ޒައިތޫނި ބަޓަރަކީ ހަންގަނޑު އޮމާން ކޮށްދީ، ތާޒާކަން ހިފަހައްޓައިދޭ މާއްދާތަކެކެވެ. މި ލޯޝަން އުފައްދާފައިވަނީ މި ހުރިހާ މާއްދާއެއް އެކުލަވާލައިގެން ހަމަށް އެންމެ ފައިދާހުރި ގޮތަށެވެ.
އެލޯވެރާ އިން ހަމުގެ ކުރަކިކަން ހަމައަކަށް އެޅުވައިދީ، އޮމާންކޮށްދެ އެވެ. އެންޓިއޮކްސިޑެންޓް ގިނަ ޒައިތޫނި ބަޓަރަކީ ހަމުގެ ލުއިކަމާއި ޓޯން އިތުރުކޮށްދޭ އެއްޗެކެވެ. އަދި ހަމުގެ ގުދުރަތީ މީރު ވަސް ދިރުވައި، ދިރުމެއް ލުނބޯއިން ގެނެސްދެ އެވެ.
އެންޝޯންޓާ ބޮޑީ ލޯޝަނުގެ ގިނަ ވައްތަރުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އަދި ރާއްޖޭގައި މަޝްހޫރު އެއް ބާވަތަކީ ޗާމިން ބޮޑީ ލޯޝަނެވެ. މި ލޯޝަންގައި ހިމެނޭ މާއްދާތަކަކީ ހަމުގެ ސިއްހަތު ރަނގަޅުކޮށް، ޒުވާންކޮށްދޭ މާއްދާތަކެކެވެ. ލޯޝަނުން ދުވާ މަޑު ފިނިފެންމާ އަދި ސިޓްރަސް ވަހުން ހިތްގައިމުކަން ގެނެސްދެ އެވެ.
އެންޝޯންޓާ ރޮމޭންޓިކް ބޮޑީ ލޯޝަން ތައްޔާރުކޮށްފައިވަނީ ވައިލެޓްސް، ހުވަނދުމާ، އަދި ބަލްގޭރިއަން މާތަކުގެ ވަސް އެއްކޮލައިގެންނެވެ. މިއީ ހިތްގައިމު، އަރާމު ވަހެކެވެ.
މި ލޯޝަނަކީ ހިކި އަދި އަވަހަށް ތެޔޮވާ ހަމުގައި ވެސް ބޭނުންކުރެވޭ ގޮތަށް އުފައްދާފައިވާ، ކޮންމެ ހަމަކާއި ވެސް ގުޅޭނެ އުފެއްދުމެކެވެ. އެންޝޯންޓާ ލޯޝަން ބޭނުންކުރުމަށް އެންމެ ރަނގަޅު ވަގުތަކީ ފެންވެރުމަށް ފަހު ހަށިގަނޑު ތާޒާކޮށް ހުންނަ ވަގުތެވެ.
ލިލީ އެންޓަޕްރައިސަސްގެ ލިލީ ސްޓޯ، ލާލު ސްޓޯ، ލިލީ ޝޮޕް ހުޅުމާލެ، ލިލީ ޝޮޕް އައްޑޫގެ އިތުރުން ލިލީ ޝޮޕް ކުޅުދުއްފުށީ އަދި ރާއްޖޭގެ ގިނަ ފިހާރަތަކުން އެންޝޯންޓާ ބޮޑީ ލޯޝަން ލިބެން ހުންނާނެ އެވެ.
Comment