Advertisement

ޗައިނާއިން ނަގާފައިވާ ލޯނުތައް ފަސް އަހަރަށް ފަސްކުރެވޭތޯ މަޝްވަރާތައް ފަށަނީ

13 ޖަނަވަރީ 2024 - 11:25 0

އަމަން ހަލީމް

އ

Advertisement

ޗައިނާ އެގްޒިމް ބޭންކުން ނެގި ލޯނަކުން ތަރައްގީކުރި ސިނަމާލެ ބްރިޖު: މި ބޭންކަށް އެކަނި އަށް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދަރާފައިވޭ --- ފޮޓޯ:އަބްދުﷲ އިޔާން/އަދަދު


ޗައިނާއިން ނަގާފައިވާ ލޯނުތައް ފަސް އަހަރަށް ފަސްކުރެވޭތޯ މަޝްވަރާތައް ފަށަނީ

13 ޖަނަވަރީ 2024 - 11:25 0

Advertisement

Advertisement

ޗައިނާ ސަރުކާރަށް ސީދާ އޮތް ދަރަނި ރީސްޓްރަކްޗާ ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަން އެ ގައުމުން އެއްބަސްވެ، ވަރަށް އަވަހަށް މަޝްވަރާތައް ފަށަން ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރު ނިންމަވާލެއްވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގެން ވެލާނާ އެއާޕޯޓުގައި ހުންނަވާ ރައީސް ވިދާޅުވީ، ދެ ގައުމުގެ މެދުގައި ކުރިއަށް ދިޔަ ރަސްމީ މަޝްވަރާތަކުގެ ތެރެއިން ޗައިނާގެ ރައީސް ޝީ ޖިންޕިން މިކަމަށް އެއްބަސްވެވަޑައިގެންނެވީ އެމަނިކުފާނު ހުށަހެޅުމުން ކަމަށެވެ.

Advertisement

"ޗައިނާގެ ރައީސްއަށް އަޅުގަނޑު އެކަންތައް ހުށަހެޅުމުން، ވަގުތުން ރަސްމީ ޓޯކްސްގައި ކަމާބެހޭ އިސްވެރިންނަށް އެކަމާ ބެހޭގޮތުން ރާއްޖެއަށް ވަރަށް އަވަހަށް ޓެކްނިކަލް ޓީމެއް ފޮނުވައި، ރާއްޖެއިން ޗައިނާއަށް ދައްކަން ހުރި ފައިސާ [ދައްކަން ލުއި ގޮތްތަކެއް ހޯދަން]،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި މަޝްވަރާ ކުރަނީ ކުރިއަށް އޮތް ފަސް އަހަރު ދުވަހު ނުދައްކާ ގޮތަށް ގްރޭސްޕީރިއަޑެއް ލައި ދިގުދައްމާލާ ގޮތަށް، އެމަނިކުފާނުގެ ވެރިކަމުގެ ދައުރުގެ ތެރޭގައި ވިހާ ވެސް ލުއި ގޮތަކަށް އެ ފައިސާ ދެއްކޭނެ ގޮތްތަކެކެވެ. މިކަމުގެ މަޝްވަރާތައް ފަށައި އެކަން ހަމަޖެހުމުން ބޮޑެތި ލުއިތަކެއް ލިބިގެން ދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެެވެ.

"[ދަރަނި އަދާކުރާނެ ފަސޭހަ ގޮތްތަކެއް] ދިރާސާކޮށް ކަނޑައެޅުމަށްޓަކައި ވަރަށް އަވަހަށް އެތަނުގެ ފައިނޭންސް މިނިސްޓްރީ އާއި ފައިނޭންސް ދާއިރާގެ ޓެކްނިކަލް ޓީމެއް ފޮނުއްވަވާނެ. އެކަން ވެސް ހަމަޖެހިގެން ދިޔަ. އޭރުން އަޅުގަނޑުމެންނަށް ވަރަށް ބޮޑު ލުއިތަކެއް އެބަ ލިބިގެންދޭ ލޯނުތަކެއް ގެންދިއުމުގައި،" ރައީސް ވިދާޅުވި އެވެ.

Advertisement

ޗައިނާއިން ސީދާ ދައްކަން ޖެހޭ ދަރަންޏަށް ރައީސްގެ ވާހަކައިގައި އިޝާރާތްކުރެއްވި ނަމަވެސް، އެއީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ވިދާޅެއް ނުވެ އެވެ. ފިނޭންސް މިނިސްޓްރީގެ ދަރަނީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ސީދާ ޗައިނާ ދައުލަތަށް ދިވެހިން ދައުލަތުން ދައްކަން ޖެހޭ އެއްވެސް ފައިސާއެއް ނެތެވެ.

އެކަމަކު ދިވެހި ދައުލަތުން އެންމެ ބޮޑު އަދަދަކުން ދަރާފައިވަނީ ޗައިނާގެ ދައުލަތުން ސަތޭކަ ޕަސެންޓު ހިއްސާވާ އެކްސްޕޯޓް-އިމްޕޯޓް ބޭންކް އޮފް ޗައިނާއަށެވެ. މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގެ ނިޔަލަށް އެ ބޭންކަށް ދަރާފައިވާ މިންވަރު ހުރީ 8.1 ބިލިއަން ރުފިޔާގަ އެވެ.