Advertisement

އޮޑިޓާ ޖެނެރަލް އޮފީހުގެ ފޭސްބުކް އެކައުންޓް ހެކުކޮށްފި

12 ޖަނަވަރީ 2024 - 21:31 0

ނިމާ ހަސަން

ނިމާ ހަސަން

އޮޑިޓާ ގެނެރަލްގެ އޮފީހުގެ ފޭސްބުކް އެކައުންޓް ހެކު ކުރުމަށްފަހު ކޮށްފައިވާ ޕޯސްޓުގެ ސްކްރީންޝޮޓެއް


އޮޑިޓާ ޖެނެރަލް އޮފީހުގެ ފޭސްބުކް އެކައުންޓް ހެކުކޮށްފި

12 ޖަނަވަރީ 2024 - 21:31 0

އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ފޭސްބުކް އެކައުންޓު ބަޔަކު ހެކު ކޮށްފި އެވެ.

އޭޖީއޯގެ ފޭސްބުކް އެކައުންޓު ހެކު ކުރުމަށްފަހު ވަނީ ފޮރެކްސް ޓްރޭޑު ކޮށްގެން ފައިސާ ހޯދުމާ ބެހޭގޮތުން ޕޯސްޓެއް ކޮށްފަ އެވެ.

މިކަމާ ގުޅިގެން އޮޑިޓާ ޖެނެރަލްގެ އޮފީހުގެ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނީ, ފޭސްބުކް އެކައުންޓު ހެކު ކޮށްފައިވާ ކަމަށާއި, މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އޭޖީއޯގެ ފޭސްބުކް އެކައުންޓް ހެކު ކޮށްފައިވާއިރު, ދާދި ފަހުން ރާއްޖޭގެ ޖުވެނައިލް ކޯޓުގެ ވެބްސައިޓު ވެސް ވަނީ ހެކު ކޮށްފަ އެވެ. ނަމަވެސް އެއީ ރާއްޖޭގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް އިންޑިއާ ބޮޑު ވަޒީރަށް ކުޑައިމީސްކޮށް މުހާތަބު ކުރި މައްސަލާގައި އިންޑިއާގެ ހެކަރުންތަކެއް ކަމަށް ބުނާ ބަޔަކު ކުރި ކަމެކެވެ.

ދައުލަތުގެ އިދާރާއެއްގެ ފޭސްބުކް އެކައުންޓް ހެކުކޮށް, ޓްރޭޑް ކުރުމަށް ބާރު އަޅާފައިވާއިރު, ސޯޝަލް މީޑިއާގައި އަސްލު މީހުންނަށް ވެގެން ފޮރެކްސް ޓްރޭޑް ކުރާ ކަމަށް ބުނާ ސްކޭމަރުން ގިނަކަން ފާހަގަކޮށްލެވެ އެވެ. އެ ސްކޭމަރުން މީހުންގެ އަތުން އިންވެސްޓްކުރުމަށް ކަމުގައި ބުނެ އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ ހޯދަ އެވެ.