Advertisement

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުވާ ޔުނާން އަނެއްކާ ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި

12 ޖަނަވަރީ 2024 - 18:02 0

ނިމާ ހަސަން

ނިމާ ހަސަން

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ދައުވާކޮށްފައިވާ ޔުނާން:


ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުވާ ޔުނާން އަނެއްކާ ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި

12 ޖަނަވަރީ 2024 - 18:02 0

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރުމަށްފަހު ދޫކޮށްލި ފިލްމީތަރި މުހައްމަދު ޔުނާން އަނެއްކާވެސް ހައްޔަރުކޮށް, ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

ޝަރުތުތަކާއެކު އޭނާ ބަންދުން ދޫކޮށްލުމަށް މިދިޔަ ޑިސެމްބަރު 14, ގައި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ނިންމުމުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ އެ މައްސަލަ އިސްތިއުނާފު ކުރުމަށް ހައި ކޯޓަށް ހުށަހަޅާފަ އެވެ. މީގެ އިތުރުން, ކޯޓުން ކުރި ޝަރުތުތަކާ ހިލާފުވެފައިވާތީ އޭނާ އަލުން ބަންދުކޮށްދިނުމަށް ހުޅުމާލެ ކޯޓުގައި ވެސް ޕީޖީން އެދުނެވެ.

ޔުނާން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ނިންމީ, ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އެ ކޯޓުންނެވެ.

ހުޅުމާލޭގައި އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކާއިއެކު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ފިލްމީ ތަރި ޔުނާން އާއި އޭނާގެ އަންހެނުން ފާތިމަތު ރިހުލާ ހައްޔަރުކުރީ އޮކްޓޯބަރު، 2020، ގަ އެވެ.

އެ މައްސަލާގައި ރިހުލާވެސް ޝަރީއަތް ނިމެންދެން ބަންދުކުރި އެވެ. ނަމަވެސް މިދިޔަ މާޗް މަހު ރިހުލާ ވަނީ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.

ޔުނާންގެ މައްޗަށް ދައުވާކުރާ މައްސަލަ މިހާރު އޮތީ ހެކިބަސް ނަގައި ނިމި, ހުލާސާ ބަޔާން ހުށަހެޅުމުގެ މަރުހަލާގައި ކަމަށް ޕީޖީން ބުނެ އެވެ.