Advertisement

ރައީސްގެ ދެކަނބަލުން ޗައިނާގެ ބޮޑު ފާރު ބައްލަވަން ވަޑައިގެންފި

12 ޖަނަވަރީ 2024 - 13:00 0

ނިމާ ހަސަން

ނިމާ ހަސަން

ރައީސްގެ ދެކަނބަލުން ޗައިނާގެ ބޮޑު ފާރު ބައްލަވަން ވަޑައިގެން: ވިދާޅުވީ ބޮޑުފާރަކީ ހިތްވަރުގަދަކަމުގެ ނަމޫނާއެއް ކަމަށް -- ފޮޓޯ: ރައީސް އޮފީސް


ރައީސްގެ ދެކަނބަލުން ޗައިނާގެ ބޮޑު ފާރު ބައްލަވަން ވަޑައިގެންފި

12 ޖަނަވަރީ 2024 - 13:00 0

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އަދި ވަފުދުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ޗައިނާގެ ބޮޑު ފާރު ބައްލަވަން ވަޑައިގެންފި އެވެ.

ރައީސްގެ ދެކަނބަލުން ޗައިނާގެ ބޮޑުފާރު ސަރަހައްދަށް ޒިޔާރަތް ކުރައްވައި, އެތަނުގެ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއި ކުރެއްވި އެވެ. އަދި އެ ފޮތުގައި ހަނދާނީ މެސެޖެއް ވެސް ލިޔުއްވި އެވެ.

އެ ހަނދާނީ މެސެޖުގައި ޗައިނާގެ އެ ބިނާއަކީ ހިތްވަރާއި ކާމިޔާބީ އާއި އެކުވެރިކަމުގެ ތާރީހީ ރަމްޒެއް ކަމަށް ސިފަކުރައްވައި, އެމަނިކުފާނު ވަނީ ޗައިނާގެ ހަޟާރަތަށް ތާރީފު ކުރައްވާފަ އެވެ.

ރައީށްގެ ދެ ކަނބަލުން ޗައިނާގެ ބޮޑު ފާރުގެ މެހެމާނުން ސޮއިކުރާ ފޮތުގައި ސޮއިކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް


ޗައިނާގެ ބޮޑުފާރަކީ ތާރީހީ ގޮތުންނާއި ސަގާފީ ގޮތުންނާއި އެތަނުން ދައްކުވައިދޭ ނަމޫނާ މަސައްކަތްތެރިކަމުގެ ސަބަބުން ޔުނެސްކޯގެ ހެރިޓޭޖް ސައިޓެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބިނާއެކެވެ. އެ ފާރަކީ 21،000 ކިލޯ މީޓަރު ހުންނަ ޗައިނާގެ ތާރީހީ މުހިންމު ބިނާއެކެވެ.

ރައީސްގެ ދެކަނބަލުން ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. އެ ދަތުރުފުޅުގައި ރައީސް ދެކަނބަލުންގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވަ އެވެ.