Advertisement

ޓޮޓެންހަމް ދޫކޮށް ޑަޔާ ބަޔާނަށް

12 ޖަނަވަރީ 2024 - 10:48 0


ޓޮޓެންހަމް ދޫކޮށް ޑަޔާ ބަޔާނަށް

12 ޖަނަވަރީ 2024 - 10:48 0

މިއުނިކް (ޖެނުއަރީ 12) - ޓޮޓެންހަމް ހޮޓްސްޕާސް އަށް ކުޅެމުންދިޔަ އިނގިރޭސި ޑިފެންޑަރު އެރިކް ޑަޔާ ޖަރުމަންގެ ބަޔާން މިއުނިކަށް ބަދަލުވެއްޖެ އެވެ.

ޑަޔާ ،29، ބަޔާނަށް ބަދަލުވިކަން ރަސްމީކޮށް އެ ކްލަބުން އަދި އިއުލާންނުކުރި ނަމަވެސް، މީޑިއާއާ އިއްޔެ ވާހަކަދައްކަމުން އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ބުނީ ބަޔާންގެ މެޑިކަލް ހެދުމާއި އެ ކްލަބަށް ބަދަލުވުމުގެ އެންމެ ފަހު މަރުހަލާތައް ފުރިހަމަކުރުމަށް ޑަޔާ މި ވަގުތު ހުރީ މިއުނިކްގައި ކަމަށެވެ.

"އަހަރެން މި މަސައްކަތްކުރަނީ ޑާޔާ މި ޓީމަށް ބަދަލުމުގެ ޑީލް ނިންމާލަން. އޭރުން އަހަރަމެންގެ ސްކޮޑަށް އިތުރު ގޮތެއް ލިބިގެންދާނެ،" ޓުޗެލް ބުންޏެވެ.

ޓޮޓެންހަމްއާ އެކު ޑަޔާ ހަދާފައިވާ ކޮންޓުރެކްޓް މި އަހަރުގެ މެދުތެރެއަށް ހަމަވާއިރު، އެ ކްލަބުން ބަޔާނަށް އޭނާ ވިއްކާލަން އެއްބަސްވީ 4.8 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީއަކަށެވެ.

އާންމުކޮށް ސެންޓްރަލް ޑިފެންޑަރަކަށް ކުޅުނު ނަމަވެސް، ޑިފެންސިވް މިޑްފީލްޑް އަދި ރައިޓް ބެކަށްވެސް ޑަޔާ ކުޅެ އެވެ.

ޓޮޓެންހަމްގައި 10 އަހަރު ހޭދަކޮށްފައިވާ ޑަޔާ ބަޔާނަށް ބަދަލުވުމުން، ޓޮޓެންހަމްގެ ކުރީގެ ކެޕްޓަން ހެރީ ކޭންއާ އެކު ކުޅުމުގެ ފުރުސަތު އަލުން ލިބިގެންދާނެ އެވެ. ޓޮޓެންހަމް ދޫކޮށް ކޭން ބަޔާނަށް ބަދަލުވީ މިދިޔަ އަހަރު އެވެ.

ބަޔާން އިން ޑަޔާ ގެނައީ އެ ޓީމުގެ ޑިފެންސަށް އިތުރު ގޮތްތަކެއް ހޯދުމަށެވެ. ހާއްސަކޮށް އޭޝިއަން ކަޕްގައި ދެކުނު ކޮރެއާގެ ޓީމަށް ކުޅެން ބަޔާންގެ ޑިފެންޑަރު ކިމް މިން ޖައޭ ދޫކޮށްފައިވާތީ، އޭނާ ނެތްތަން ފޫބެއްދުން މުހިންމު ކަމަށް ބަޔާންގެ ކޯޗު ޓުޗެލް ވެސް ވަނީ ފާހަގަކޮށްފަ އެވެ.

ޓުޗެލް ބުނީ އޭނާ އަށް ޑަޔާ ސިފަކުރެވެނީ ޑިފެންސްގެ "ސްޕެޝަލިސްޓް"އެއްގެ ގޮތުގައި ކަަމަށެވެ. އަދި ޑަޔާ އެ ޓީމާ ގުޅުމުން، ޖަރުމަންގެ ލެއޮން ގޮރެޓްޒްކާ މިޑްފީލްޑްގައި ބޮޑަށް ބޭނުންކުރެވޭނެ ކަމަށެވެ.

މި ސީޒަންގައި ޑަޔާ ޓޮޓެންހަމް އަށް ކުޅުނީ އެންމެ ހަތަރު މެޗެވެ. ޕޯޗުގަލްގެ ސްޕޯޓިން ލިސްބަން އިން 2014 ވަނަ އަހަރު ޓޮޓެންހަމް އަށް ބަދަލުވި ޑަޔާ ވަނީ އިންގްލެންޑްގެ ގައުމީ ޓީމަށް 49 މެޗު ކުޅެފަ އެވެ.