Advertisement

ތަކުރާރުކޮށް މުހުލަތު ދިނުމަށްފަހު ތިލަފުށި ފަޅުގައި ހުރި އުޅަނދުތައް އާބަންކޯ އިން ނަގަން ފަށައިފި

11 ޖަނަވަރީ 2024 - 19:54 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ތިލަފުށީގެ ބިންހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ. ފޮޓޯ: އާބަންކޯ


ތަކުރާރުކޮށް މުހުލަތު ދިނުމަށްފަހު ތިލަފުށި ފަޅުގައި ހުރި އުޅަނދުތައް އާބަންކޯ އިން ނަގަން ފަށައިފި

11 ޖަނަވަރީ 2024 - 19:54 0

އާބަންކޯގެ މިލްކިއްޔާތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ތިލަފުށީގައި އިތުރަށް ބިން ހިއްކުމަށް ޓަކައި ހުސްކުރަން ޖެހޭ ސަރަހައްދުގައި ހުރި އުޅަނދުތައް އެ ކޯޕަރޭޝަނުން ނަގަން ފަށައިފި އެވެ.

އާބަންކޯ އިން ބުނި ގޮތުގައި ތިލަފުށި ހިއްކުމުގެ މަޝްރޫއަކީ ރާއްޖޭގެ އިގްތިސޯދަށް ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއް ކަމަށާއި އެ ކުންފުނިން މަސައްކަތް ކުރަމުން ދަނީ ވީހާވެސް ބާރު ސްޕީޑުގައި އެ ފަޅު ހިއްކުމުގެ މަސައްކަތް ނިންމުމަށް ކަމަށެވެ.

ކުރީގެ ސަރުކާރުން ގުޅީފަޅުގައި އެޅުމަށް ނިންމާފައި އޮތް ވިޔަފާރި ބަނދަރުވެސް މި ސަރުކާރުން ވަނީ ތިލަފުށީގެ އަލަށް ހިއްކާ ސަރަހައްދަށް ބަދަލުކޮށްފަ އެވެ. އެއީ ރާއްޖޭގެ ތަރައްގީގެ އެންމެ ބޮޑު އެއް މަޝްރޫއެވެ.

ތިލަފުށި ފަޅުގައި ހުރި އުޅަނދުތައް ނެގުމުގެ އެޗްޑީސީއަށް ކޯޓުގެ ހުއްދަ ބޭނުންވޭތޯ ބެލުމަށް އެ ކުންފުނިން 2022 ގައި ސިވިލް ކޯޓަށްވެސް ދިޔަ އެވެ. އެ ކޯޓުން ނިންމީ އެޗްޑީސީއިން ކޯޓުގެ ހުއްދައެއް ހޯދަން ނުޖެހޭނެ ކަމަށެވެ.

ސިވިލް ކޯޓުގެ ގާޒީ އަހުމަދު ރަޝީދު ކުރެއްވި ހުކުމުގައި ވަނީ ފަޅުން އުޅަނދުތައް ނަގައި އެ ތަކެތި ނައްތާލުމަށް ގަވާއިދެއް ހަދައިގެން އެޗްޑީސީއަށް ކުރިއަށް ގެންދިއުމުގައި ގާނޫނީ އެއްވެސް ހުރަހެއް އެ ކުންފުނީގެ މައްޗަށް ނެތި ކަމަށެވެ.

އާބަންކޯ އިން މިއަދު މީޑިއާތަކަށް ހިއްސާކުރި މައުލޫމާތުގައި މީގެ ކުރިން އެ ފަޅުގައި ހުރި އުޅަނދުތައް ނެގުމަށް ކޮށްފައިވާ އިއުލާނުތައްވެސް ހިމަނާފައިވެ އެވެ. އެގޮތުން މިދިޔަ އަހަރުގެ މާޗު މަހުން ފެށިގެން ނޮވެމްބަރާ ހަމައަށް ހަތަރު އިއުލާނެއް އެ ކުންފުނިން ކޮށްފައިވެ އެވެ.

އެ ކުންފުނިން ބުނި ގޮތުގައި ތިލަފުށީގެ އަލަށް ހިއްކާ ސަރަހައްދުގެ މަސައްކަތް މިދިޔަ އަހަރު ޑިސެމްބަރު، 18 އިން ފެށިގެން ބާރަށް ކުރިއަށްދާ ކަމަށެވެ.

އަދި، އުޅަނދުތައް ނެގުމުގައި އަމަލުކުރާނީ އާބަންކޯ އިން މިދިޔަ އަހަރުގެ މާޗު، 9 ގައި ގެޒެޓުކުރި އުސޫލާ އެއްގޮތަށް ކަމަށްވެސް އެ ކޯޕަރޭޝަނުން މިއަދު ބުންޏެވެ.

ތިލަފުށި ފަޅުގައި ހުރި އުޅަނދުތައް ނައްތާލަން އެޗްޑީސީން ނިންމީ، އެ ފަޅުން އިތުރު 150 ހެކްޓަރުގެ ބިން ހިއްކުމަށް ނިންމާފައިވާތީ އެވެ. ތިލަފުށި ބޮޑުކުރުމުގެ މަސައްކަތް ކުރިއަށް ދަނީ، ވިޔަފާރިއާއި ސިނާއީ ބޭނުންތަކަށް 127 ހެކްޓަރުގެ ބިމާއި، ކުނިން ހަކަތަ އުފެއްދުމުގެ މަސައްކަތަށް ބޭނުންވާ ބިން އުފެއްދުމަށެވެ.