Advertisement

ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް ދޭ ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް މިއަހަރު 21 ކެޓަގަރީއަކުން

9 ޖަނަވަރީ 2024 - 15:12 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ފޯ ސީޒަންސް ރިސޯޓުގެ މުވައްޒަފެއް -- ފޮޓޯ: ފޯ ސީޒަންސް


ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް ދޭ ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް މިއަހަރު 21 ކެޓަގަރީއަކުން

9 ޖަނަވަރީ 2024 - 15:12 0

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ އަގު ވަޒަންކުރަން ހޮޓެލިއާ މޯލްޑިވްސްއިން ދޭ "ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް 2024" އަށް ޖުމުލަ 21 ދާއިރާއަކުން ކުރިމަތިލާން ހުޅުވާލައިފި އެވެ.

ކޮންމެ އަހަރަކު ދޭގޮތަށް ހޮޓެލިއާ މޯލްޑިވްސްއިން އަލަށް ތާއާރަފުކޮށްފައިވާ މި އެވޯޑުގެ މަގުސަދަކީ ފަތުރުވެރިކަމުގެ ދާއިރާގައި، ހޮޓާ، ރިސޯޓު އަދި ގެސްޓްހައުސް ފަދަ ތަންތަނުގައި އަވަދިނެތި މަސައްކަތް ކުރާ މުވައްޒަފުން އެ ތަންތަނުގައި ހޭދަކުރާ ވަގުތުގެ އަގު ވަޒަންކުރުމެވެ.

ހޮޓެލިއާ މޯލްޑިވްސް އެވޯޑްސްގެ ދާއިރާތައް

  • ހައުސް ކީޕިން
    1. އިންޖިނިއަރިން
    2. ފުޑް އެންޑް ބެވަރޭޖު
    3. ސްޕާ އެންޑް ވެލްނެސް
    4. ސޭލްސް އެންޑް މާކެޓިން
    5. ކޮންސިއާޖް/ގެސްޓް ސާވިސަސް
    6. އައިޓީ
    7. އެޗްއާރް އެންޑް ޓްރެއިނިން
    8. ސެކިއުރިޓީ އޮފިސަރު
    9. އޭވިއޭޓާ
    10. މެރައިނާ
    11. ޕްރޮކިއުމަންޓް
    12. ޝެފް
    13. ފިނޭންސް
    14. ޒުވާން ހޮޓެލިއާ
    15. އަންސަންގް ހީރޯ
    16. ހޮޓެލް ޓީމް
    17. ޖެނެރަލް މެނޭޖާ
    18. ތަމުރީނާއި ތަރައްގީ
    19. ސަސްޓެއިނަބިލިޓީ
    20. ސީއެސްއާރު

    މި އެވޯޑު ދޭނީ އާންމުންގެ ވޯޓު ހިމަނައިގެން ޖަޖުންގެ ޕެނަލަކުން ދޭ މާކްސްގެ މަށްޗަށް ބިނާކޮށްގެންނެވެ. މާކްސް ދޭއިރު މިދިޔަ އަހަރު ތެރޭގައި ވަޒީފާގެ ޒިންމާ އަދާކުރި ގޮތާއި ކާމިޔާބީ އަދި ކަސްޓަމަރުންގެ ފީޑްބެކްއަށް ބަލާނެ އެވެ.

    "ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް 2024" އަށް ކުރިމަތި ލެވޭނީ މި މަހުގެ ނިޔަލަށެވެ. އެވޯޑަށް ނޮމިނޭޓުވާ ފަރާތްތައް އަންނަ ފެބްރުއަރީ މަހު އިއުލާނުކޮށް، އޭޕްރީލްގައި ބާއްވާ ހާއްސަ ހަފުލާއެއްގައި އެވޯޑުތައް ދިނުމަށް ހަމަޖެހިފައިވާކަމަށް ހޮޓެލިއާ މޯލްޑިވްސް އިން މައުލޫމާތުދެ އެވެ.

    އަދި، އެވޯޑުދޭން ހަމަޖެހެފައިވަނީ އަންނަ އޭޕްރީލް މަހު ބާއްވާ ހާއްސަ ގާލާ ނައިޓު ހަފުލާއެއްގައެވެ.