Advertisement

ވެލާނާ އެއާޕޯޓުގެ އާ ޕްރޮޖެކްޓާއި ވިޔާފާރި ބަނދަރު ހަދަން ޗައިނާގެ އެހީ ހޯދަން ހުށަހަޅައިފި

9 ޖަނަވަރީ 2024 - 10:17 0

އަހުމަދު ސައީދު

އަހުމަދު ސައީދު

ޗައިނާގެ ފޫޖޯގައި މިހާރު ކުރިއަށްދާ އިންވެސްޓް މޯލްޑިވްސް ފޯރަމްގައި ރައީސް ޑރ. މުަހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ -- ފޮޓޯ ރައީސް އޮފީސް


ވެލާނާ އެއާޕޯޓުގެ އާ ޕްރޮޖެކްޓާއި ވިޔާފާރި ބަނދަރު ހަދަން ޗައިނާގެ އެހީ ހޯދަން ހުށަހަޅައިފި

9 ޖަނަވަރީ 2024 - 10:17 0

މިދިޔަ ހަފުތާގައި އިއުލާނު ކުރި އާ ޕްލޭނާ އެއްގޮތަށް ވެލާނާ އިންޓަނެޝަނަލް އެއާޕޯޓު (ވީއައިއޭ) ތަރައްގީ ކުރުމަށާއި މާލޭ ވިޔަފާރި ބަނދަރު އަޅުން ހެދުމަށް އެހީ ހޯދުމަށް، ޗައިނާގެ ފޫޖޯގައި މިއަދު ފެށި އިންވެސްޓް މޯލްޑިވްސް ފޯރަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހަޅުއްވައިފި އެވެ.

އިކޮނިމިކް ޑިވެލޮޕްމަންޓް މިނިސްޓްރީން އިންތިޒާމު ކުރި ފޯރަމްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އެމަނިކުފާނު އިއުލާނު ކުރެއްވި ވެލާނާ އެއާޕޯޓްގެ އާ ޕްރޮޖެކްޓާއި ވިޔަފާއި ބަނދަރު ތަރައްގީ ކުރުމަކީ ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް (ބީއާރުއައި) އަށް ފެތޭ، ސަރުކާރުން އެންމެ އިސްކަންދޭ ދެ ޕްރޮޖެކްޓް ކަމަށެވެ.

"ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް ގެ ތެރެއިން، މި ޕްރޮޖެކްޓްތައް ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދަން ބޭނުންވޭ،" އިންވެސްޓަ ފޯރަމްގެ ބައިވެރިންނާއި މުހާތަބު ކުރައްވާ މުއިއްޒު ވިދާޅުވި އެވެ.

ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް އަކީ ޗާއިނާ އިން 150 އަށްވުރެ ގިނަ ގައުމުގައި އުމުރާނީ ވަސީލްތައް ތަރައްގީ ކުރުމަށް 2013 ވަނަ އަހަރު ކަނޑައެޅި ސްޓްރެޓެޖީ އެކެވެ.

އިންވެސްޓަ ފޯރަމްގެ ޕެނަލްގައި ވާހަކަ ދައްކަވަމުން ކޮންޝްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބަދުﷲ މުއްތަލިބު ވިދާޅުވީ މާލޭ ވިޔަފާރި ބަނދަރު، އާ ސަރަހައްދެއްގައި ތަރައްގީ ކުރުމަކީ ވަރަށް އަވަހަށް ކުރަން ބޭނުންވާ ކަމެއް ކަމަށެވެ. އަދި މާލޭގެ މަގުތައް ތަރައްގީ ކުރުމަށް ބޮޑު ޕްރޮޖެކްޓެއް ހިންގުމަށް ވެސް ނިންމާފައިވާ ކަމަށެވެ.

"ސަރުކާރުން ބަލަނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ނުވަތަ އެނޫން ވެސް އީޖާދީ ފައިނޭސްޝަލް މޮޑެލް އަކުން މި ޕްރޮޖެކްޓް ކުރިއަށް ގެންދަން،" މުއްތަލިބް ވިދާޅުވި އެވެ.

ރައީސް އޮފީހުން ބުނީ އިންވެސްޓަ ފޯރަމްގައި ދެ ސަރުކާރުގެ އޮފިޝަލުންގެ މެދުގަ އާއި ދެ ގައުމުގެ ވިޔަފާރިވެރިންގެ މެދުގައި ވަކިވަކި ބައްދަލުވުންތައް ކުރިއަށް ގެންދާނެ ކަމަށެވެ.