Advertisement

އެލައިޑުގެ ކޮމިއުނިޓީ ފަންޑް ހަތަރު ޖަމިއްޔާއަކަށް އަދި އެޑިއުކޭޝަނަލް ފަންޑް ހަ ސްކޫލަކަށް

4 ޖަނަވަރީ 2024 - 11:58 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

އެލައިޑް ކޮމިއުނިޓީ ފަންޑް އަދި އެޑިއުކޭޝަނަލް ފަންޑް އިއުލާނުކުރުން -- ފޮޓޯ: އިޔާން/އަދަދު


އެލައިޑުގެ ކޮމިއުނިޓީ ފަންޑް ހަތަރު ޖަމިއްޔާއަކަށް އަދި އެޑިއުކޭޝަނަލް ފަންޑް ހަ ސްކޫލަކަށް

4 ޖަނަވަރީ 2024 - 11:58 0

އެލައިޑް އިންޝުއަރަންސް ކޮމްޕެނީގެ އިޖުތިމާއީ ޒިންމާ "ޕްރިމިއަމް ފޯ ގުޑް"ގެ ދަށުން ތައާރަފު ކޮށްފައިވާ ކޮމިއުނިޓީ ފަންޑާއި އެޑިއުކޭޝަނަލް ފަންޑު ލިބޭ ފަރާތްތައް ހޮވައިފި އެވެ.

އެލައިޑުގެ ކޮމިއުނިޓީ ފަންޑަކީ ހަތް ދާއިރާއެއް ހިމެނޭ ގޮތަށް މުޖުތަމައުއަށް މަންފާކުރުވަނިވި ހިޔާލުތައް ހަގީގަތަކަށް ހެދުމުގެ ބާރުވެރިކަން، އަތޮޅު ތެރޭގައި ދިރިއުޅޭ ފަރާތްތަކަށް ލިބިދޭ ފަންޑިން ޕްރޮގްރާމެކެވެ.

އެގޮތުން ސިއްހީ ދުޅަހެޔޮކަން، އިޖުތިމާއީ ހިދުމަތް، ތިމާވެށި ރައްކާތެރިކުރުން، އަންހެނުންނާއި ކުޑަކުދިންގެ ހައްގުތައް، މުޖުތަމައުގެ ހަމަހަމަކަން އަދި ތައުލީމާއި ތާރީހުގެ ރޮނގުން ހެޔޮބަދަލުތަކެއް ގެނައުމަށް ޖަމިއްޔާތަކުން ރާވައިގެން ހިންގާ ޕްރޮޖެކްޓުތަކަށް މި ފަންޑު ލިބޭނެ އެވެ.

ކޮމިއުނިޓީ ފަންޑުގެ ދަށުން ހޮވިފައިވާ ޕްރޮޖެކްޓުތައް ހިންގަން ކޮންމެ ޕްރޮޖެކްޓަކަށް 50،000ރ. އެލައިޑުން ދޭނެ އެވެ.

އެލައިޑު ކޮމިއުނިޓީ ފަންޑުގެ ދަށުން އެހީ ލިބޭ ޕްރޮޖެކްޓުތައް

  • ޅ. ނައިފަރު، ނައިފަރު ޖުވެނައިލް - ނައިފަރުގައި ޕްލާސްޓިކް މަދު ކުރުމުގެ ޕްރޮގްރާމް
  • ށ. މިލަންދޫ، މިލަންދޫ ސްޕޯޓްސް ކްލަބް - ޖިމް ޓްރެއިނިން ޕްރޮގްރާމް
  • ވ. ކެޔޮދޫ، ކެޔޮދޫ އިސްދަރިވަރުންގެ ޖަމިއްޔާ - ކެޔޮދޫ ސްކޫލަށް ބޭނުންވާ ކުޅިވަރު ސާމާނު ހޯދުމަށް
  • ށ. ކަނޑިތީމު، ބްލޫ ގިލްޑް ފައުންޑޭޝަން - ސާފް ސްކިލް ޑިވެލޮޕްމެންޓް ޕްރޮގްރާމް

ކޮމިއުނިޓީ ފަންޑް 4 ޖަމިއްޔާއަކަށް އަދި އެޑިއުކޭޝަނަލް ފަންޑް ހަ ސްކޫލަކަށް -- ފޮޓޯ: އިޔާން/އަދަދު


ހަ ދާއިރާއަކަށް ހުޅުވާލާފައިވާ އެލައިޑް އެޑިއުކޭޝަން ފަންޑަކީ ތައުލީމީ ނިޒާމު ހަރުދަނާކޮށް ކުރިއެރުވުމަށްޓަކައި އެލައިޑުން ކުރަމުން އަންނަ މަސައްކަތްތަކަށް އިތުރުކުރި ބޮޅެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

އެގޮތުން ސްކޫލްތަކުގެ ލައިބްރަރީ، ޓީޗިން ސްކޫލް، ލެބޯޓަރީ، ޓީޗާސް ޑިވެލޮޕްމަންޓް ޕްރޮގްރާމް އަދި ސްޓޫޑެންޑް ޑިވެލޮޕްމަންޓް ފަދަ ދާއިރާތަކުގެ ޕްރޮގްރާމްތަކަށް ފަންޑިންއަށް އެދުމަށް އެލައިޑުން ސަރުކާރުގެ ހުރިހާ ސްކޫލަކަށް ހުޅުވާލި އެވެ.

މި ފަހަރުގެ އެޑިއުކޭޝަން ފަންޑުން އެހީ ދޭން ނިންމާފައިވަނީ ހަ ސްކޫލަކުން ހިންގާ ޕްރޮޖެކްޓްތަކަށެވެ. އެއިން ކޮންމެ ޕްރޮޖެކްޓަކަށް ވެސް އެލައިޑުން 25،000ރ. ފަންޑުކޮށްދޭނެ އެވެ.

އެޑިއުކޭޝަން ފަންޑުން އެހީ ދޭން ނިންމާފައިވާ ސްކޫލުތަކާއި ޕްރޮޖެކްތައް

  • ށ. ފޯކައިދޫ ސްކޫލް - ސްޓަޑީ ބެންޗް ގާއިމްކުރުމަށް
  • ލ. މާމެންދޫ ސްކޫލް - ސްޓޫޑެންޓް ޑިވެލޮޕްމެންޓް ޕްރޮގްރާމު
  • ތ. ހިރިލަންދޫ ސްކޫލް - ސެން ކުދިންނަށް ކިޔަވައިދޭން ރަނގަޅު މާހައުލެއް ބިނާ ކުރުމަށް
  • ބ. އަތޮޅު އެޑިއުކޭޝަން ސެންޓާ، ބ. އޭދަފުށި - އޯޑިއޯ ވިޝުއަލް ރޫމް ތަރައްގީ ކުރުމަށް
  • މުހައްމަދު ޖަމާލުއްދީން ސްކޫލް، ޏ. ފުވައްމުލަށް - ލައިބްރަރީއަށް ފޮތް އިތުރުކުރުމަށް
  • މަދަރުސަތުލް އިފްތިތާހް، ޅ. ނައިފަރު - ބެލެނެވެރިންނަށް ލިޓަރަސީ ވޯކްޝޮޕެއް ކުރިއަށް ގެންދިއުމަށް

އެލައިޑް އިންޝިއުރެންސް ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަންޑިން ޕްރޮގުރާމްތަކަށް ހޮވުނު ފަރާތްތައް އިއުލާނުކުރެއްވީ ޖެނެރަލް މެނޭޖަރު އިބްރާހިމް ފިރްޝާން އެވެ. އަދި, އަންނަ އަހަރު ވެސް މި ދެ ފަންޑިން ޕްރޮގްރާމު އިއުލާނު ކުރާނެ ކަމުގެ ޔަގީންކަން ފިރުޝާން ދެއްވި އެވެ.