Advertisement

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އެމްޑީޕީގެ ޓިކެޓުގައި ތުލުސްދޫ ދާއިރާއަށް ވާދަކުރައްވަނީ

3 ޖަނަވަރީ 2024 - 23:23 1


ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އެމްޑީޕީގެ ޓިކެޓުގައި ތުލުސްދޫ ދާއިރާއަށް ވާދަކުރައްވަނީ

3 ޖަނަވަރީ 2024 - 23:23 1

ކުރީ ސަރުކާރުގައި ފިނޭންސް މިނިސްޓަރުގެ މަގާމު އަދާކުރެއްވި އިބްރާހިމް އަމީރު މިއަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގައި ކ. ތުލުސްދޫ ދާއިރާއަށް ވާދަކުރުމަށް ޓިކެޓު ކަށަވަރުކުރައްވައިފި އެވެ.

ޕްރައިމަރީއަކާ ނުލައި އަމީރަށް އެ ދާއިރާގެ އެމްޑީޕީ ޓިކެޓު ކަށަވަރުވެފައި ވަނީ އިތުރު ބޭފުޅަކު އެ ދާއިރާއަށް ވާދަ ކުރުމަށް ޝައުގުވެރިކަން ފާޅު ކުރައްވާފައި ނުވާތީ އެވެ. އޭނާ އަންނަނީ އެމްޑީޕީގެ މެދު ދެކުނު ޕްރޮވިންސްގެ ރައީސްގެ މަގާމު ވެސް އަދާކުރައްވަމުންނެވެ.

އަމީރު ވަނީ 2014 ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގައްދޫ ދާއިރާއަށް ވެސް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާފަ އެވެ. އެފަހަރުގެ އިންތިހާބުގައި އޭނާއަށް ލިބިވަޑައިގަތީ 864 ވޯޓާއެކު ދެވަނަ އެވެ. ކުރި ހޯއްދެވީ ޕީޕީއެމްގެ ކެންޑިޑޭޓު އަހުމަދު ރަޝީދެވެ.

އަންނަ މަޖިލީހުގައި ތުލުސްދޫ ދާއިރާގައި ހިމެނެނީ ކ. އަތޮޅުގެ ވެރިކަން ކުރާ ތުލުސްދޫ އާއި ކ. ދިއްފުއްޓެވެ. މިފަހަރުގެ މަޖިލީހުގައި ކ. ހުރާ އަދި ކ. ހިންމަފުށި ވެސް ހިމެނެނީ އެ ތުލުސްދޫ ދާއިރާގެ ތެރޭގަ އެވެ.

އެ ދާއިރާގެ ގޮނޑި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ނުކުމެ 1,260 ވޯޓާއެކު ކާމިޔާބު ކުރެއްވީ ދާދިފަހުން ވެރިކަން ކުރާ ޕީއެންސީއަށް ސޮއިކުރި އިބްރާހިމް ނަސީމް އެވެ.