Advertisement

ބާސެލޯނާ އިން އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ ޑިފެންސް ރަނގަޅުކުރަން: ޒަވީ

4 ޖަނަވަރީ 2024 - 05:35 0


ބާސެލޯނާ އިން އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ ޑިފެންސް ރަނގަޅުކުރަން: ޒަވީ

4 ޖަނަވަރީ 2024 - 05:35 0

ބާސެލޯނާ (ޖެނުއަރީ 4) - އާ އަހަރާއެކު ސީޒަންގެ ބާކީ އޮތް ބަޔަށް ބާސެލޯނާ ނުކުންނައިރު، އެ ޓީމުން އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭނީ ޑިފެންސް ރަނގަޅުކުރަން ކަމަށް ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފި އެވެ.

ސްޕެއިން ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން، ބާސެލޯނާ މި ވަގުތު އޮތީ ތާވަލްގެ ހަތަރު ވަނައިގަ އެވެ. އެ ޓީމު އޮތީ ތާވަލްގެ ކުރީގައި އުޅޭ ރެއާލް މެޑްރިޑާއި ޖިރޯނާ އަށް ވުރެ 10 ޕޮއިންޓް ފަހަތުގަ އެވެ. ސްޕެއިން ލީގުގައި މާދަމާ މިރޭ ލަސް ޕަލްމާސްއާ ދެކޮޅަށް ބާސެލޯނާ ނުކުންނާނެ އެވެ.

ބާސެލޯނާ އިން މިދިޔަ ސީޒަންގައި ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ހޯދިއިރު، އެ ޓީމުގެ ޑިފެންސް ރަނގަޅުކަން ފާހަގަކުރެވުނެވެ. މިދިޔަ ސީޒަންގައި ލީގު ކާމިޔާބުކުރިއިރު ބާސެލޯނާ ކޮޅަށް 38 މެޗުން ވަނީ 20 ލަނޑެވެ. އެކަމަކު، މި ސީޒަންގެ މިހާތަނަށް 18 މެޗުގައި އެ ޓީމު ކޮޅަށް 21 ލަނޑު ވަަނީ ވަދެފަ އެވެ.

ޒަވީ ބުނީ މި ސީޒަންގެ މިހާތަނަށް އާއިރު، ޓީމުގެ އެޓޭކަށްވުރެ އޭނާ ފިކުރުބޮޑުވަނީ ޓީމުގެ ޑިފެންސާ މެދު ކަމަށެވެ. އަދި ސީޒަންގެ ބާކީ އޮތް ބަޔަށް ނުކުންނައިރު، ޑިފެންސް ރަނގަޅުކުރަން ސަމާލުކަން ދޭންޖެހޭ ކަމަށެވެ.

"މިދިޔަ ސީޒަންގައި އަހަރަމެންގެ ޑިފެންސްލައިން ވަރަށް ވަރުގަދަ. އެކަމަކު މި އަހަރު މާ ފަސޭހަކޮށް ލަނޑުތައް ވަންނަނީ. ރަނގަޅު ވާހަކައެއް އެޓޭކްގައިވެސް ލިބޭ ފުރުސަތުތަކުގެ ބޭނުން ނުހިފޭ ބައެއް މެޗުތަކުގައި. އެކަމަކު އަހަރެމެން ކޮޅަށް ލަނޑުތައް ވަނުންވެސް މަދުކުރަންޖެހޭ،" ޒަވީ ބުންޏެވެ.

ބާސެލޯނާ އިން ޖުލައި މަހު ބްރެޒިލްގެ އެތުލެޓިކޯ ޕަރަނައެންސް އިން ސޮއިކުރިވި ބްރެޒިލްގެ އުމުރުން 18 އަހަރުގެ ފޯވަޑް ވިކްޓާ ރޯގް ވަނީ މިހާރު ވަނީ އޭ ޓީމާ ގުޅިފަ އެވެ.

ޒަވީ ބުނީ ޖެނުއަރީގެ ޓްރާންސްފާގައި އޭނާގެ ރަޖިސްޓްރޭޝަންގެ ކަންތައްތައް ނިމި، މިރޭގެ މެޗަށް ނަގާ ސްކޮޑުގައި އޭނާ ހިމެނޭނެކަމުގެ އުންމީދު އެބައޮތް ކަމަށެވެ.