Advertisement

ޔުނައިޓެޑްގައި ކަމެއް ނުވި ރެގީއޯން އެނބުރި ޓޮޓެންހަމަށް

3 ޖަނަވަރީ 2024 - 08:28 0


ޔުނައިޓެޑްގައި ކަމެއް ނުވި ރެގީއޯން އެނބުރި ޓޮޓެންހަމަށް

3 ޖަނަވަރީ 2024 - 08:28 0

ލަންޑަން (ޖެނުއަރީ 3) - މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުންދިޔަ ސްޕެއިންގެ ވާތު ބެކް، ސާޖިއޯ ރެގީއޯން، ލޯނު އެއްބަސްވުން ޔުނައިޓަޑުން ކުރުކޮށްލުމުން އޭނާ އެނބުރި ޓޮޓެންހަމް ހޮޓްސްޕާސް އަށް ގޮސްފި އެވެ.

ލޯނު އެއްބަސްވުމެއްގެ ދަށުން ޓޮޓެންހަމް އިން ރެގީއޯން ޔުނައިޓަޑުން ގެނައީ އޮގަސްޓް މަހުގެ ތެރޭގަ އެވެ. އެއީ ޔުނައިޓަޑްގެ ލެފްޓް ބެކުންގެ ގޮތުގައި ކުޅެން ތިބި ލޫކް ޝޯ އާއި ޓައިރަލް މަލާސިއާ އަށް އަނިޔާވުމުންނެވެ.

ޝޯ އާއި މަލާސިއާވެސް ފިޓުވެ، މި މަހުގެ ތެރޭގައި އެނބުރި ދަނޑަށް ނުކުންނާނެ ކަމަށް ބެލެވޭތީ، ޔުނައިޓަޑުން ވަނީ ރެގީއޯންގެ ލޯނު އެއްބަސްވުން ކުރުކޮށްލައި، އޭނާ އެނބުރި ޓޮޓެންހަމް އަށް ފޮނުވާލައިފަ އެވެ.

ރެގީއޯން ،27، ޔުނައިޓަޑަށް ކުޅުނީ ޖުމްލަ 12 މެޗެވެ. އޭގެ ތެރެއިން ޔުނައިޓެޑްގެ ފުރަތަމަ 11 ގައި އޭނާ ކުޅުނީ ހަތް މެޗުގަ އެވެ.

ރެއާލް މެޑްރިޑްގައި ކެރިއަރު ފެށި ރެގީއޯން ޓޮޓެންހަމް އަށް ބަދަލުވީ 2020 ވަނަ އަހަރެވެ. ރެގީއޯން ވަނީ ސްޕެއިންގެ ސެވިއްޔާ އަދި އެތުލެޓިކޯ މެޑްރިޑަށް ވެސް ކުޅެފަ އެވެ.