Advertisement

ރާއްޖޭގައި "ކްރިއޭޓިވް އިކޮނޮމީއެއް" ބިނާކުރަން ވަޒީރުން މަޖިލީހުން ނިންމައިފި

2 ޖަނަވަރީ 2024 - 19:12 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް ޑރ. މުހައްމަދު މުއިއްޒު : ރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ބިނާކުރުމަށް ވަޒީރުންގެ ރައީސް ނިންމަވައިފި - ފޮޓޯ: ރައީސް އޮފީސް


ރާއްޖޭގައި "ކްރިއޭޓިވް އިކޮނޮމީއެއް" ބިނާކުރަން ވަޒީރުން މަޖިލީހުން ނިންމައިފި

2 ޖަނަވަރީ 2024 - 19:12 0

ރާއްޖޭގައި "ކްރިއޭޓިވް އިކޮނޮމީއެއް" ބިނާކުރަން ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރައީސް އޮފީހުން މިރޭ ބުނީ ރައީސް އެފަދައިން ނިންމެވީ އާދީއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހަށް އިކޮނޮމިކް މިނިސްޓްރީން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރުމަށްފަހު ކަމަށެވެ.

ރައީސްގެ އެ ނިންމެވުމާއެކު ދައުލަތުގެ ގިނަ ވުޒާރާތައް އެކުލެވޭ ގޮތަށް ނޭޝަނަލް ކްރިއޭޓިވް އިކޮނޮމިކް ކޮމެޓީގެ ނަމުގައި ކޮމެޓީއެއް އެކުލަވާލެވޭނެ އެވެ. ކްރިއޭޓިވް އިކޮނޮމީގެ ޕްލޭނުތައް ހެދުމުގެ މަސައްކަތް ކުރާނީ މި ކޮމިޓީން ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.

"މީގެ އިތުރުން ކްރިއޭޓިވް އިކޮނޮމީއަކަށް ދަރިވަރުން ބައްޓަންކުރުމަށް ތައުލީމީ މަންހަޖުގައި ހުރިކަންކަން ދެނެގަތުމާއި ބައިނަލްއަޤްވާމީ އާޓްސް ސްކޫލެއްގެ ފެކަލްޓީއެއް ގާއިމުކުރުމާއި ސަރަހައްދީ ފެންވަރުގެ ޕްރޮޑަކްޝަން ހައުސްއެއް ގާއިމުކުރުން ވެސް މީގެ ތެރޭގައި ހިމެނޭ،" ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ އެ ނިންމުމާއެކު އުފައްދާ ކްރިއޭޓިވް އިކޮނޮމީގެ ދަށުން ފަންނީ އަދި އިޖުތިމާއީ މަސައްކަތްތަކަށް ބޭނުންވާ މާލީ އެހީ ފޯރުކޮށްދިނުމަށް ފަންޑެއް އެކުލަވާލާނެ ކަމަށެވެ. މި ފަންޑުގެ ކަންކަން ބަލަހައްޓާނީ ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިންނެވެ.

ކްރިއޭޓިވް އިކޮނޮމީ މުޅި ރާއްޖެއަށް ފުޅާ ކުރުމުގެ ދަށުން ސިޓީތަކާއި ރަށްތަކުގައި އިނޮވޭޝަން ހަބުތަކެއް އަދި ޓެކްނޮލޮޖީ ޕާކްތަކެއް ހެދުމަށް ގައުމީ ޕްލޭނެއް ވެސް ހަދާނެ އެވެ.