Advertisement

ވިއްސާރާގައި ހާލުގައި ޖެހުނު 41 މީހަކު ވަގުތީ ބޯހިޔާވަހިކަމުގައި

2 ޖަނަވަރީ 2024 - 11:53 0

ނިމާ ހަސަން

ނިމާ ހަސަން

އާދިއްތަ ދުވަހު ކުރި ވިއްސާރާގައި މާލޭ މަގުތަކުގައި ފެންބޮޑުވެފައި; ވިއްސާރާގައި ހާލުގައި ޖެހުނު 41 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވޭ -- ފޮޓޯ: އިޔާން/ އަދަދު


ވިއްސާރާގައި ހާލުގައި ޖެހުނު 41 މީހަކު ވަގުތީ ބޯހިޔާވަހިކަމުގައި

2 ޖަނަވަރީ 2024 - 11:53 0

މިދިޔަ އާދިއްތަ ދުވަހު ކުރި ވިއްސާރާގައި ވެރި ރަށް މާލޭގެ އަށް ގެއަކުން ޖުމްލަ 41 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި އެވެ.

ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އުމަރު މޫސާ ފިކުރީ ވިދާޅުވީ ވިއްސާރާގައި ލިބުނު ގެއްލުންތަކުގެ ސަބަބުން އެހީތެރިކަން ބޭނުންވެގެން ގުޅި 164 ގޭބީސީއެއްގައި ދިރިއުޅޭ މީހުންގެ ތެރެއިން ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގައި އެހީތެރިކަން ފޯރުކޮށްދޭން ޖެހުނީ 11 ގެއެއްގެ މީހުންނަށް ކަމަށެވެ.

"11 ގޭގެ މީހުން ހިމެނޭގޮތަށް ކެއިންބުއިމުގެ ހިމުމަތް އަޅުގަނޑުމެން ފޯރުކޮށްދިނިން. މި 11 ގޭގެ ތެރެއިން އަށް ގެއަކުން 41 މީހުން އަޅުގަނޑުމެން ވާނީ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައި،" އުމަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހާލުގައި ޖެހުނު 41 މީހުން ވަގުތީ ހިޔާގެ ގޮތުގައި, މާލޭގައި ލިބެންހުރި ގެސްޓްހައުސްތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އެ ހިޔާ ފޯރުކޮށްދިނީ ތިން ދުވަހުގެ މުއްދަތަކަށް ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

ބޯހިޔާވަހިކަން ފޯރުކޮށްދިނީ އެމީހުންގެ ގެތަށް ސާފުކޮށް, ގެއަށް ބަދަލުވުމުގެ ފުރުސަތު ދިނުމަށް ކަމަށް އުމަރު ވިދާޅުވި އެވެ.

މާލެއަށް ކުރި ވިއްސާރާގައި މާލޭގެ 180 އަށްވުރެ ގިނަ އިމާރާތަށް ފެނުގެ އަސަރުކޮށްގެން އެހީތެރިކަމަށް އެދުނެވެ. އޭގެ ތެރޭގައި މީހުން ދިރިއުޅޭ 164 ގެ ހިމެނެ އެވެ. ބައެއް ގޭގެއަށް ފެން ވަދެ, ގޭތެރޭގައި ތަނބިކައްޓާ ހަމައަށް ފެން އަރައި, ހުރިހާ ފަރުނީޗަރަކަށް ވެސް ފެނުގެ އަސަރު ކޮށްފައިވާ ކަމަށް އެންޑީއެމްއޭއިން ބުނެ އެވެ.