Advertisement

ލަންކާ މުބާރާތުން ރާއްޖޭގެ މެރާލް އަށް ރަން މެޑަލް

27 ޑިސެންބަރު 2023 - 10:04 0

ލަންކާ މުބާރާތުން ރަން މެޑަލް ހޯދި މެރާލް ގައުމީ ދިދަ އުފުލާލައިގެން.-- ފޮޓޯ: ސްވިމިން އެސޯސިއޭޝަން


ލަންކާ މުބާރާތުން ރާއްޖޭގެ މެރާލް އަށް ރަން މެޑަލް

27 ޑިސެންބަރު 2023 - 10:04 0

ސްރީ ލަންކާގެ ނެޝަނަލް/ނެޝަނަލް ޖޫނިއާ ޝޯޓްކޯސް ފެތުމުގެ މުބާރާތުން ރާއްޖޭގެ މެރާލް އައިން ލަޠީފު ރަން މެޑަލް ހޯދިއިރު، ޖޫނިއާ ފިރިހެން ރިލޭ ޓީމު ރިހި މެޑަލް އަދި ސީނިއާ ފިރިހެން ރިލޭ ޓީމުން ލޯ މެޑަލް ހޯދައިފި އެވެ. .

ލަންކާގެ ކެންޑީ ހިލްވުޑް ކޮލެޖް ސްވިމިން ޕޫލުގައި އިއްޔެ ކުރިޔަށް ދިޔަ، 100 މީޓަރު ބަޓަފްލައި އިވެންޓުން މެރާލް ރަން މެޑަލް ހޯދީ ރޭހުގައި ވާދަކުރި 14 ފެތުންތެރިންގެ ހީޓުގައި ވާދަކޮށް، ފައިނަލްގައި 8 ފެތުންތެރިންނާ ވާދަކޮށް ބޮޑު ތަފާތަކުން އެއް ވަނަ ހޯދައިގެންނެވެ. މެރާލްގެ ޓައިމިން އަކީ އެއް މިނިޓް 13.19 ސިކުންތެވެ.

މެރާލް އަކީ މި ވަގުތު ރާއްޖޭގައި އެންމެ ހަލުވި ދުވެއްޔެއްގައި ކުރިއަރަމުން އަންނަ އަދި ޢުމުރުން އެންމެ 14 އަހަރުގެ ފެތުންތެރިއެކެވެ. މިމުބާރާތުގައި ރިލޭ ނުހިމަނައި އިންޑިވިޖުއަލް ފަސް އިވެންޓެއްގައި މެރާލް ވާދަކުރެ އެވެ.

ޖޫނިއާ މެޑްލީ ރިލޭ އިވެންޓުން ރިހި މެޑަލް ހޯދި ރާއްޖޭގެ ޓީމުގެ އެތުލީޓުން.


އެ ގޮތުން، ރާއްޖޭގެ ފެތުމުގެ ޖޫނިއާ ފިރިހެން ޓީމުން ރިހި މެޑަލް ހޯދީ މުބާރާތުގައި 4 ގުނަ 100 މީޓަރު މެޑްލީ ރިލޭއިންނެވެ. ރހި މެޑަލް ހޯދި ޓީމުގައި ހިމެނެނީ ޔާސިން މުހައްމަދު ޔޫސުފް، ލޫޠު މުހައްމަދު ހުސައިން، އިސްމާޢީލް އަޖުމަލް މޫސާ އަދި ޝައިމް ހުސައިން އިބްރާހީމް އެވެ.

ފެތުމުގެ ސީނިއާ ފިރިހެން ޓީމުން ލޯ މެޑަލް ހޯދާފައިވަނީ 4 ގުނަ 100 މީޓަރު މެޑްލީ ރިލޭ އިންނެވެ. ލޯ މެޑަލް ހޯދި ޓީމުގައި ހިމެނެނީ، ޢަލީ އިމްއާން، އިޒްޔާން އަހްމަދު، މުހައްމަދު ރިހާން ޝިހާމް އަދި މުހައްމަދު އާން ހުސައިން އެވެ.

މި މަހު 26 އިން ފެށިގެން 30 އާ ހަމައަށް ކުރިޔަށްދާ މި މުބާރާތުގައި ރާއްޖޭގެ ފެތުންތެރިން ދެން ވާދަކުރަނީ ޖޫނިއާ ނެޝަނަލް ފިރިހެން އަދި ނެޝަނަލް އަންހެން ފިރިހެން ބައިގަ އެވެ. މި ހަތަރު ބައިގައި އެކު ޖުމުލަ ދިވެހި 25 ފެތުންތެރިން މިމުބާރާތުގައި ވާދަކުރެ އެވެ.

ސީނިއާ މެޑްލީ އިވެންޓުން ލޯ މެޑަލް ހޯދި ރާއްޖޭގެ ޓީމު.