Advertisement

ސިޓީގެ ކުރީގެ ކުޅުންތެރިޔާ ސިންކްލެއާ އިންޑިއާގެ ކޯޗިން ޓީމަށް

26 ޑިސެންބަރު 2023 - 19:28 0

ސިޓިގެ މެޗެއްގެ ތެރެެއިން ސިންކްލެއާ މެއިން ބޯޅަ ކޮންޓްރޯލްކުރަނީ.


ސިޓީގެ ކުރީގެ ކުޅުންތެރިޔާ ސިންކްލެއާ އިންޑިއާގެ ކޯޗިން ޓީމަށް

26 ޑިސެންބަރު 2023 - 19:28 0

ނިއު ދިއްލީ، އިންޑިއާ (ޑިސެމްބަރު 26) - މެންޗެސްޓާ ސިޓީގެ ކުރީގެ ކުޅުންތެރިޔާ، ޓްރެވޯ ސިންކްލެއާ، އިންޑިއާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗިން ޓީމާ ގުޅިއްޖެ އެވެ.

އޯލްއިންޑިއާފުޓްބޯލްފެޑެރޭޝަން (އޭއައިއެފްއެފް) އިން ސިންކްލެއާ، 50، އިންޑިއާގެ ފުޓްބޯޅަ ޓީމުގެ ކޯޗިން ސްޓާފުންގެ ތެރެއަށް ގެނައި ސީދާ މުއްދަތެއް އަދި ހާމައެއް ނުކުރެ އެވެ.

އެކަމަކު، އިންޑިއާގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި ސިންކްލެއާ ގެނައީ، އިންޑިއާގެ ކޯޗު ކްރޮއޭޝިއާގެ އީގޯ ސްޓިމަކްގެ ލަފާގެ މަތިންނެވެ. އެއީ އަންނަ މަހު ފަށާ އޭޝިއަން ކަޕަށް އިންޑިއާ އިން ވަމުން އަންނަ ތައްޔާރީތަކުގައި ޕްރޮފެޝަނަލުންގެ ބޭނުންޖެހޭނެތީއާ އެކު އެވެ.

އިންޑިއާގެ ކޯޗަކަށް ހުރި، ސްޓިމަކް އަކީ ކުރިން ކްރޮއޭޝިއާ ގައުމީ ޓީމަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. ސްޓިމަކް އާއި ސިންކްލެއާ ވަނީ އެކުގައި ވެސްޓް ހޭމް ޔުނައިޓެޑަށް ކުޅެފަ އެވެ.

އިނގިރޭސި ގައުމީ ޓީމަށް 12 މެޗު ކުޅެދީފައިވާ ސިންކްލެއާ އަކީ ކޯޗިން އަށް ބަލާއިރު، އެންމެ ތަޖުރިބާކާރު ފަރާތެއް ނޫނެވެ. ކޯޗިންގައި އޭނާގެ ހަމައެކަނި ތަޖުރިބާ އަކީ، 2014-2015 ވަނަ އަހަރުގެ ސީޒަނުގައި އިނގިރޭސި ދަށް ޑިވިޝަނުގެ ޓީމެއް ކަމަށްވާ ލެންކަސްޓާ ސިޓީގެ އެސިސްޓަންޓް ކޯޗުކަމެވެ.

އެކަމަކު، ސިންކްލެއާ ވަނީ އިނގިރޭސި ފުޓްބޯޅައިގެ ޑިވެލޮޕްމަންޓް ވޯކިން ގްރޫޕާ އެކު ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެ ގޮތުން، އިނގިރޭސި ޓީމުތަކުން ޔޫތު ކުޅުންތެރިން ސީނިއާ ލެވަލަށް ޕްރޮމޯޓް ކުރުމުގެ ޕްލޭނެއް ހަދައިގެން، މިދިޔަ 10 ވަރަކަށް އަހަރު ތެރޭ ކުރި މަސައްކަތުގައި އެކި ފަހަރު މަތިން ސިންކްލެއާ ވަނީ ބައިވެރިވެފަ އެވެ.